ބޭނުންވާ ތަކެތި
200 ގ. ފުށް
2 މޭޒުމަތީ ސަމުސާ ބަޓަރ
2 ސައިސަމުސާ ހަކުރު
2 ސައިސަމުސާ ހިކިކިރު
3 /1 ސައިސަމުސާ ލޮނު
1 ސައިސަމުސާ އިންސްޓަންޓް އީސްޓް
ތާފަނާ ފެން
މަސްގަނޑަށް ބޭނުންވާ
2 /1 ދަޅު ކޯން ބީފް
2 /1 ސައިސަމުސާ މުގުރިއަސޭމިރުސް
2 / 1 ޖޯޑު ޓޮމާޓޯ ސޯސް
2 /1 ޖޯޑު ޗިލީ ސޯސް
1 ކެޕްސިކަމް ( ތުނިކޮށް ފޮތިފޮތިކޮށްފައި )
1 ޓޮމާޓޯ ތުނިކޮށް ( ފޮތިފޮތިކޮށްފައި )
1 ޖޯޑު ގާނާފައިހުރި ޗީޒް
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފުށް އީސްޓް ލޮނު، ހަކުރު ކިރު ބަޓަރ އެއްކޮށްފައި ތާފަނާ ފެނުން ފުށްގަނޑު މޮޑެފައި ކޮތަޅަކަށް ލާފައި އައްސާފައި ބާއްވާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ ބީފް، އަސޭމިރުސް، ލޮނު، ޓޮމާޓޯ ސޯސް ، އަޅާފައި ރަނގަޅަށް އެއްވީމާ އުނދުންމަތިން ބާލާށެވެ. ދެން ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާފައި ފުށްގަނޑު3/1 އިންޗީގެ ބޯމިނަށް ފަތުރާލާފައި މަތީގައި ތައްޔާރުކުރި މަސްގަނޑު ފަތުރާލާފައި ކެޕްސިކަމް ފޮތިތައް އަތުރާލުމަށްފަހު ޓޮމާޓޯ ފޮތިތައްވެސް އަތުރާލާފައި ޗީޒްބުރުވާލާފައި އަވަނުން ފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...