އަރަބިދުނިޔެ

އިސްރާއިލްގެ ޖަލުތަކުގައި 20 އަހަރަށް ވުރެއް ގިނަދުވަސް ވެފައިވާ ފަލަސްޡީނުގެ 299 މުސްލިމުން ތިބިކަން ހާމަވެއްޖެ.

ލިޔުނީ: އައިޝާ މުނާ

ހަމާސް ޖަމަޢަތުގެ ފަރާތުން ނެރުނު ރިޕޯޓެއްގައި ވާ ގޮތުގެ މަތިން 20 އަހަރަށް ވުރެއް ގިނަދުވަސް ވެފައިވާ ފަލަސްޡީނުގެ  299 މުސްލިމުން ތިބިކަން ހާމަވެއްޖެއެވެ.

މި ރިޕޯޓު ނެރިފައި ވަނީ ފަލަސްޡީނުގެ މިނިސްޓްރީ އޮފް ޕިރިސަނަސް އެފެޔާޒުން ނެރިފައިވާ ސްޓެޓިކުސް ރިޕޯޓެގެ މައްޗައް ބަލާފައެވެ. އަދި ބައެއް މީޑިޔާތަކުން ވަނީ މިކަން ސިއްރުކޮށްފައެވެ. ހަމާސް ޖަމާޢަތުން ދަނީ އިސްރާއިލްގެ އޮފިސަލުންނާއި އެކު ހައްޔަރުގައިވާ މީހުން ދޫކޮށްލުމުގެ ވާހަކަދައްކަށް ތައްޔާރުވަމުންނެވެ. މިބައްދަލު ވުން ބާއްވަން ހަމަޖެހިފައި ވަނީ މިޞްރުގެ ވެރިރަށް ކައިރޯގައެވެ. ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް ޚާލިދު މިޝާލު އާއި އެނާގެ ވަފްދުވަނީ މިދިޔަ އަންގާރަ ދުވަހު މިޞްރުގެ ވަފުދާ އެކު ބައްދަލުކޮށް ވާހަކަދަށްކާފައެވެ. މިބައްދަލުވުމުގައި މިޞްރުންވަނީ ހަމާސް އާއި އިސްރާއިލްގެ ދެމެދުގައި ވާހަކަ ދައްކާ ހަމާސްއިން 2006 އަހަރު ހައްޔަރު ކޮށްފައިވާ އިސްރާއިލްގެ ސިފައިގެ މީހެއްކަމުގައިވާ ޤާލިޑު ޝާލިތު ދޫކޮށްލައި އޭގެ ބައްދަލުގައި ފަލަސްޡީނުގެ 1000 މީހުން ދޫކޮށްލުމަށް މަޝްވަރާކުރުމަށް ގޮވާލާފައެވެ.

މިފަދައެތަށް ބައްދަލުވުންތަކެށް އިސްރާއިލުއައި އެކު ބާއްވައިފައިވެއެވެ. ނަމަވެސް  މިހާތަނަށް އެވެސް ކަހަލަ ކުރިއެރުމެއް ލިބިފައި ނުވެއެވެ. ފަލަސްޡީނުގެ އެތަށް އާޢިލާތަކަކުން ދަނީ މިފަހަރު ބާއްވަން މިއުޅޭ ބައްދަލުވުމުގެ ނަތީޖާ ފޮނިވާނެ ކަމުގެ އުންމީދުގައެވެ. މިގޮތުން ހައްޔަރުކޮށްފައި ވާ ފަލަސްޡީނުގެ މީހެއްކަމުގައިވާ ޢަބުދުﷲ އަބު ޝަލްބަކުގެ ދައްތަ ހާމަ ކުރިގޮތުގައި "އެނާޔާއި އެނާގެ އާޢިލާގެ އުއްމީދު އާއި ދުޢާއަކީ މިފަހަރުގެ މަސްވަރާ ބައްދަލުވުމަކީ އެމީހުންގެ އަހުލުވެރިން މިނިވަން ކުރާނެ ފަދަ ގޮތަކަށް ވާހަކަ ނިމިގެންދިއުމަށް ކަމަށެވެ.

ފަލަސްޡީނުގެ ރިޕޯޓުގައި އިތުރަށް ވާ ގޮތުގެ މަތިން އިސްރާއިލްގެ ޖަލުގައި 6000 ފަލަސްޡީނުގެ ރައްޔެތުން ވާކަމަށާއި އެގެތެރެއިން 219 މީހުންނަކީ އެވެސް ދަޢުވާ ކުރުމެއްނެތި ބައިތިއްބާފައި ވާ މީހުންކަމަށާއި އަދި 44 މީހުންނަކީ އެމީހުންގެ ހަޔާތުގެ 20 އަހަރަށް ވުރެއް ގިނަ ދުވަސް ޖަލުގެ ތޭރި ތަކުގައި ފުރަގަހުގައި ހޭދަ ކޮށް ފައި ވާ މީހުން ކަމުގައެވެ.

ފަލަސްޡީނުގެ ގިނަ ރައްޔެތުންތަކެއް ޤަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެވެސް ބައެއްގެ އެގުރީމަންޓަކުން ނުވަތަ މަޝްވަރާ   ބައްދަލުވުމަކުން އިސްރާއިލުން އެމީހުުންގެ އަހުލުވެރިން މިނިވަން ނުކުރާނެކަމަށާއި ހަމައެކަނި މިނިވަން ކުރާނީ އެކަމުގައި އުޅޭބަޔަކު އެކަން ކުރުމަށް އެމީހުންނަށް މަޖުބޫރުކޮށްގެ ކަމަށް އެމީހުން ބުނަމުންދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *