ސުފުރާ ބަދިގެ ފަރުވާ ( 5 ވަނަބައި )

ބަދިގެ ފަރުވާ ( 5 ވަނަބައި )

ބަދިގެ ފަރުވާ ( 5 ވަނަބައި )

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

*ކެކިކެކި ހުންނަ ފެނުގެ ތެރެއަށް ބިސްތަޅާލާފައި ( ތޮށިނުލާ ) އަޅާލާށެވެ. މިގޮތައް ބިސްކެއްކުމައް ކިޔަނީ " ޕޯޗު " ކުރުމެވެ.

*ބޮކިޖަހާފައި ހުންނަ ގޮތައް ހުންނަ ބިސްގަނޑު ބައެއް މީހުން ނަށް ވަރަށް މީރެވެ. މިގޮތައް ބިސްގަނޑު އެޅުމައް ގޮބޮޅި އާއި ލޮނދި ވަކިން ގިރާށެވެ. ދެން ލޮނދި ކޮޅައް ކުޑަ ބޭކިން ޕައުޑަރ ކޮޅެއް އަޅާފައި ގޮބޮޅި އޭގެ ތެރެއަށް އަޅާށެވެ.

* ބިސް ފެނުކައްކަވާއިރު ފެންފޮދުގެ ތެރެއަށް ކުޑަ ރާހުތްފޮދެއް ނުވަތަ ލުނބޯހުތްފޮދެއް އެއްކޮށްލެއްވުމުން އަވަހަށް ބިސް ކެކޭނެއެވެ.

* ކުޑަ ޒުވާރި ފުއްކޮޅަކާއި ހިމުން ކޮށްފައި ހުރި ހަކަރުކޮޅެއް ބިހުގެ ގޮބޮޅި ގަނޑާއި އެއްކޮށްލެއްވުމައްފަހު ބިސްގަނޑު އަޅުއްވާށެވެ. އޭރުން ތަވައިން ނަންގަވާއިރު ހަލާކު ނުވާގޮތަށް ނެންގެވޭނެއެވެ. އަދި ތަށީގައި އޮންނައިރު ފުފިފައި އޮންނާނެއެވެ.

* ބިސްގަނޑު އަޅުއްވަން ބިސް ގިރުއްވާއިރު 2 ސައިސަމްސާ ކިރު އެއައް އެޅުއްވުމުން ބިސްގަނޑު ބޯކޮށް އަދި މަޑުކޮށް އޮންނާނެއެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.