ބޭނުންވާ ތަކެތި
1 އަނބު ( މަށާފައި )
g250 ރާސްޕްބެރީ
3 މޭޒުމަތީ ސަމްސާ އައިސިންގ ޝުގަރ
3 ކިވީ
400gވިޕްޑް ކްރީމް
1 މޭޒުމަތީ ސަމްސާ މާމުއި
2 ދޮންކެޔޮ ވައް
4 ސަމްސާ ވެނީލާ އައިސްކަރީމް
4 ވެފަރ
ތައްޔާރުކުރާނެ ގޮތް
ކިވީ މިކްސަރުން ( ފެން ނާޅާ ) ރަނގަޅަށް ގިރާލާށެވެ. އަނބުވެސް ( ފެން ނާޅާ ) ރަނގަޅަށް ގިރާލާށެވެ. ރާސްޕްބެރީ އާއި އައިސިންގ ޝުގަރ އެއްކޮށް މިކްސަރުން ރަނގަޅަށް ގިރާލާށެވެ. ޕިއުރީ އަށް ހެދި ހުރިހާ ބައިތައް ވަކިން ބަހައްޓާށެވެ. ވަކިން ތައްޓެއްގައި ވިޕްޑް ކްރީމް އާއި މާމުއި އެއްކޮށްލާށެވެ. އެއަށްފަހު ތަށީގެ ފުލައް އެއްކުރި ވިޕްޑް ކްރީމް ( ފަށަލަތަކަށްވާ ގޮތަށް ) އަޅާށެވެ. ވިޕްޑް ކްރީމް ތަކުގެ މައްޗަށް އަނބު ޕިއުރީ އަޅުއްވާށެވެ. އެއަށްފަހު ވިޕްޑް ކްރީމް އަޅާށެވެ. އަދި ކުރިން އެޅި 3 ފަށަލައިގެ މައްޗަށް ކިވީ ޕިއުރީ އަޅުއްވާށެވެ. އެއަށްފަހު ވިޕްޑް ކްރީމް އާއި ރާސްޕްބެރީ ޕިއުރީ ފަށަލައެއް އަޅުއްވާށެވެ. ތައްޓަށް އެޅުއްވި ފަށަލަތަކުގެ މައްޗަށް އައިސްކަރީމް ސްކޫޕް އެއް އަޅުއްވާށެވެ. ތައްޓަށް ދޮންކެޔޮ ދެފޮތި ލައްވާފައި ވޭފަރ ސްޓިކް ހަރާލައްވާށެވެ. ފިނިކޮށްގެން ވަރަށް މީރުވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...