ބޭނުންވާތަކެތި
250ގ. ފުށް
50ގ. ހަކުރު (މުގުރާފައި)
1 ޖޯޑު ގެރިކިރު
1 އަލަނާސި ދަޅު
1 ސައިސަމްސާ ބޭކިންގ ޕައުޑަރ
200ގ. ބަޓަރު
3 ބިސް
1 ސައިސަމްސާ ވެނީލާ އެސެންސް
ހައްދަވާނެގޮތް
ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށް ފުރާނާލާށެވެ. ހަކުރާއި، ބަޓަރު އެއްކޮށް އޮމާން ވަންދެން ގިރާލާފައި ބިހާއި ފުށް އަދި ގެރިކިރު ކުރީގެ ބަޔާއި އެއްކޮށްގެން އޮމާންވަންދެން ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް އެސެންސް އަދި އަލަނާސި ދަޅުގެ ސިރަޕް ގެ 2/1 އެއްކޮށްލާށެވެ. އެއަށްފަހު ކޭކްފިހާ ޓްރޭއަށް 4 މޭޒުމަތީ ސަމުސާ ހަކުރު އަޅާލުމަށްފަހު އުދުން މައްޗަށް އުދާފައި ކުޑަކޮށް ރަތްވުމުން ބާލުއްވާށެވެ. ޓްރޭގައި އަލަނާސި ފޮތިތައް އަތުރާލުމައްފަހު ކޮންމެ އަލަނާސި ފޮއްޗެއްގެ ތެރެއަށް ޗެރީ ފަޅިއެއް ލެއެވުމައްފަހު ކޭކް ފުށްގަނޑު އޮއްސާލާށެވެ. ދެން އަވަނުގައި ފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...