ދުނިޔޭގެ އެންމެ އުސް އިމާރާތްކަމަށްވާ، ދުބާއީގައި ހުންނަ ބުރުޖު ޚަލީފާގައި އުޅެމުންދާ މުސްލިމުންނަށް ދުވާލުގެ ވަގުތު ދިގު ވާނެ ކަމަށާއި، އެހެންކަމުން އެމީހުން ރޯދަ ވިއްލަން ޖެހޭނީ އެހެން މީހުންނަށް ވުރެއް ފަހުން ކަމަށް ދުބާއީގެ ބައެއް އިލްމުވެރިން ހާމަކޮށްފިއެވެ.
ދީނީ ޢީލްމުވެރިއެއް ކަމަށްވާ މުހައްމަދު އަލް ޤުބައިސީ ޙާމަކުރެއްވި ގޮތުގައި، ބުރުޖު ޚަލީފާގެ 80 ވަނަ ފުލޯއިން ފެށިގެން މަތީގައި އުޅޭ މީހުން ރޯދަ ވިއްލަން ޖެހޭނީ ބަންގި ދިނުމަށްފަހު 2 މިނެޓު ފަހުންނެވެ. އަދި 150 ވަނަ ފުލޯއިން ފެށިގެން މަތީ ފުލޯތަކުގައި އުޅޭ މީހުން، ރޯދަ ވީއްލަން ޖެހޭނީ، 3 މިނެޓު ފަހުންނެވެ.
160 ފުލޯގެ މަށްޗަށް އެކުލެވިގެންވާ، ބުރުޖު ޚަލީފާގެ އުސްމިނުގައި 828 މީޓަރު ހުރެވެ. މިހެންކަމުން ހަމަ ބިމުގައި ތިބޭ މީހުންނަށް އިރު އޮއްސޭއިރުވެސް ބުރުޖު ޙަލީފާގެ އެކި ފުލޯތަކަށް އިރު ބަރާބަރަށް ފެންނަން ހުންނާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...