ސުފުރާ ސާގު ކަވާބު

ސާގު ކަވާބު

ސާގު ކަވާބު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި

1 ޖޯޑު ސާގު
1 ދަޅުމަސް ނުވަތަ 2 ގަނޑު ތެތްމަސް

2 އަލުވި ( މަޑުކޮށް، ހިމުންކޮށްފައި )
1 ގިތެޔޮ މިރުސް
2/1 އިންޗި އިގުރުކޮޅެއް
2 ލޮނުމެދު
ހިކަނދިފަތް
1 ލުނބޯ
1 ފިޔާ ( ކުދިކޮށް ކޮށާފައި )
2/1 ކާށީގެ ހުނި
ލޮނު

އަޖިނަމޮޓޯ

ތެޔޮ

ތައްޔާރުކުރާނެ ގޮތް

ސާގުކޮޅު މަތިފޮރުވޭ ވަރަށް ( އަވަހަށް މަޑުނުވާ ސާގެއްނަމަ ކުރިން ފެންއަޅުއްވާފައި ބަހައްޓަވާށެވެ ) ފެން އަޅުއްވާފައި ބަހައްޓަވާށެވެ. މަސް ވެސް ރަގަޅަށް ހިމުން ކުރައްވާފައި ބަހައްޓަވާށެވެ. އެހެން ހުރިހާ އެއްޗެއް އިގުރާއި، ލޮނުމެދު ފިޔަވައި ކޮއްޓަވާށެވެ. ލޮނުމެދާ އިގުރު ގާނުއްވާށެވެ. ދެން މި ހުރިހާ އެއްޗެއް މަހާއި، ހުނި ފިޔަވައި ރަގަޅަށް ފިޔާކޮޅު މަޑުވަންދެން މޮޑުއްވާށެވެ. ދެން މަހާއި ހުނި އެއްކުރައްވާ ކުޑަކުޑަ ރީނދޫކޮޅެއް ލައްވައިގެން މޮޑުއްވުމަށްފަހު ރަހަ ރަގަޅު ކުރައްވަށެވެ. އެއްފަހު ސާގުކޮޅު ފެންއޮއްސާލުމައްފަހު އަޅުއްވައިގެން މޮޑުއްވާށެވެ. ދެން ކަވާބު ގޮތަށް ހައްދަވާ ނިމުމުން ތެލުލައްވާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.