އަރަބިދުނިޔެ އިޒްރޭލާއި ފަލަސްތީނުގެ ނުރަސްމީ ވާހަކަތަކެއް އަނެއްކާވެސް ފަށަނީ

އިޒްރޭލާއި ފަލަސްތީނުގެ ނުރަސްމީ ވާހަކަތަކެއް އަނެއްކާވެސް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިޒްރޭލާއި ފަލަސްތީނުގެ ނުރަސްމީ ވާހަކަތަކެއް އަނެއްކާވެސް ފަށަން އުޅޭކަމަށް ދެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އަރަބި ލީގާއި އެމެރިކާއިން މެދުވެރިއެއްގެ ރޯލް އަދާކުރާ މި ނުރަސްމީ ވާހަކަތައް ފަށާފައިވަނީ މިފަދަ ވާހަކަ ތަކެއް ބާއްވާނެކަމަށް ދޭތެރެ ދޭތެރެއިން އަޑުއެރުވުމަށްފަހުގައެވެ. މީގެ ކުރިން މިފަދަ ވާހަކަތަކެއް ދެއްކުމަށް ތައްޔާރުވަމުން ދަނިކޮން އިޒްރޭލުންވަނީ ޔަހޫދީންގެ އާބާދީ އިތުރުކުރާނެކަމަށް ހާމަކޮށްފައެވެ. އިޒްރޭލުގެ މިއަމަލުގެ ސަބަބުން އެފަހަރުވެސް ވާހަކަތައް ވަނީ ކެންސަލްވެފައެވެ. ކޮންމެ ފަހަރަކުވެސް އިޒްރޭލުން ވާހަކަތައް ފެށުމަށް އެއްބަސްވެ ވާހަކަތައް ނުފެށެނީސް މިފަދަ ކަމެއްކޮށް ވާހަކަތައް ވަނީ ހުއްޓުވާފައެވެ.

މިފަހަރު ނުރަސްމީ ސުލްހައިގެ ވާހަކަތައް ވާގޮތް އިނގޭނީ ކުޑަދުވަސްކޮޅެއްފަހުންނެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.