އަފްގާނިސްތާނުގެ، ވަރުދަކް ޕްރޮވިންސްގައި، ތާލިބާނުންނާއި، އެމެރިކާގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމތަިލުންތަކެއްގައި އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓި، 31 މީހުން މަރުވެއްޖެއެވެ.
އަފްގާނިސްތާނުގެ ރައީށް ހާމިދު ކަރުޒާއީ، ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ރޭގެ ވަގުތެއްގައި ވަރުދަކްގައި، އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ތިބި ކުރޫންނާއެކު އެމެރިކާގެ 31 މީހުން މަރުވެފައި ވާކަމަށެވެ. އަދި، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށާއި، މަރުވި މީހުނގެ އާއިލާތަކަށް ހާމިދު ކަރުޒާއީ ވަނީ ތައުޒިއާ ފޮނުއްވާފައެވެ.
މި ހަމަލާގައި، އަފްގާން ސިފައިންގެ 7 މީހުންވެސް މަރުވެފައި ވާކަމަށް ރައީސް، ކަރުޒާއީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. 2001 ވަނަ އަހަރު، އެމެރިކާއިން އަފްގާން ހަނގުރާމަ ފެށި ފަހުން އެއް ފަހަރާ އެންމެ ގިނައިން އިސްތިއުމާރީންގެ ސިފައިން މަރުވެފައިވަނީވެސް ރޭ، ހިންގާ ދިޔަ ކުރިމަތިލުންތަކުގައެވެ.
ތާލިބާނުންގެ ފަރާތުން ވާހަކަދައްކަވާ ޒަބީހުﷲ މުޖާހިދުވެސް ވަނީ މި ހަމަލާއަކީ ތާލިބާނުން ދިން ހަމަލާއެއްކަން ކަށަވަރު ކޮށްދެއްވާފައެވެ.=ޕްރެސް ޓީވީ=

ކޮމެންޓް (0)
ލޯޑް ކުރަމުން...