އިސްރާޢީލުން އުފައްދާތަކެތި ފަލަސްތީނުގައި ވިއްކުން މަނާކޮށްފިއެވެ.
އޮފިސަލުން ބުނާގޮތުގައި މިކަން މަނާ ކުރަން ޖެހުނީ ހަލުވި ކަމާއިއެކު ފަލަސްތީނިގައި ކެންސަރ ފެތުރެމުންދާތީ ކަމަށެވެ. ޒަމާނުންސުރެ އިޒްރޭލުންދަނީ ފަލަސްތީނަށް އެކި ސިފަސިފައިގައި ޖެއްސުންކޮށް ހަދަމުންނެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުން އުޅޭ ސަރަހައްދުތަކަށް މީދާ ދޫކޮށް ހަދާފައިވެއެވެ. އެމީހުން މީދާ ދޫކުރާ މަޤްސަދެއްކަމުގައިވަނީ އޭގެ އުނދަގުލާއި ހެދި ފަލަސްތީނުގެ ރައްޔިތުން ގައުމު ދޫކޮށް ދޭތޯއެވެ.
މި ހަފްތާ ތެރޭގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ އިސްރާއީލުން އުފައްދާ އެއްވެސް އެއްޗެއް ވެސްޓް ބޭންކުގައި ވިއްކުން މަނާކުރާ ޤާނޫނުގައި ސޮއިކުރައްވާފައެވެ. މިގޮތުން ފަލަސްތީނަށް އިސްރާއީލުގެ މުދާ ހުއްދަނެތި އެތެރޭ ކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...