ފަލަސްތީނުގައި ކުރިއަށްދިޔަ ސުލްހަވެރި މުޒާހަރާއަކަށް އިޒުރޭލު ސިފައިން ބަޑިޖަހައި ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
ޝަހީދުކޮށްލާފައިވަނީ މިމުޒާހަރާގައި ހަރަކާތްތެރިވަމުން ދިޔަ 19 އަހަރުގެ ކުއްޖެއްކަމަށް ފަލަސްތީނުގެ މީޑިއާތަކުން ހަބަރުދެއެވެ. މީގެ އިތުރުން ސުލްހަވެރިކަމާއި އެކު ގާޒާގައި ކުރިއަށް ދިޔަ މިމުޒާހަރާއަށް އިޒްރޭލު ސިފައިން ބަޑިޖަހާ އެތައް ބަޔަކު ވަނީ ޒަހަމްކޮށްލާފައެވެ. އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ބައެއް މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ގާޒާ އާއި އިޒްރޭލުގެ ބޯޑަރ ކައިރީ ހިނގި މިހަމަނުޖެހުމުގައި ފަލަސްތީނުގެ ރައްޔިތުން ގޮވާލާފައިވަނީ އިޒްރޭލުން ހިފާފައިވާ ބިންތައް ދޫކޮށްލުމަށާއި އިތުރު ބިންތަކަށް ވެރިވުން ހުއްޓާލުމަށެވެ.
އިޒްރޭލްގެ ބަޑިޖެހުމުގެ ހާދިސާގައި 18 އަހަރާއި 28 އަހަރުގެ ޒުވާނުން ހިމެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...