ޔަހޫދީ ފިކުރުގެ ހަރުކަށި ރައްބީ (ޔަހޫދީ ދީނީ ޢިލްމުވެރިއެއް) އޭނާ އެންމެފަހުން ޝާއިޢު ކޮށްފައިވާ ފޮތުގައި، ޔަހޫދީން ނޫން މީހުންނާއި އަދި އޭގެ ތެރެއިން އެއްވެސް ކުށެއްނެތް މަޢްޞޫމު ކުޑަކުދިންވެސް ޤަތުލުކުރުން ހުއްދަކޮށް އޭނާގެ ފޮތުގައި އިޒްރޭލްގެ ދައުލަތް ދިފާޢު ކުރުމުގެ ހުނަރުތައް ބަޔާންކުރުމުގެ ނަމުގައި މި ލާއިންސާނީ ޢަމަލު ދިފާއުކޮށްފިއެވެ.
ރައްބީ އިސާކް ސަފިޔާރ އޭނާގެ ކުރީގެ ފޮތްކަމުގައިވާ "ދަ ކިންގިސް ޠޯރާ"ގެ އިތުރު ބައެއްގެ ގޮތުގައި ޝާއިޢުކޮށްފައވާ މިފޮތުގައި އިޒްރޭލަށް ހުރި ހުރަސްތަކެއް ކަމުގައި ފާހަގަކުރެވޭ ޣައިރު ޔަހޫދީ ދީންތަކުގެ މީހުން މެރުމަކީ ޢަދުލުވެރިގޮތްކަމުގައި ހާމަކުރަމުން ޣައްޒާގެ ބިންތަކުގައި އުޅޭ މީހުންނާމެދު މުޢާމަލާތްކުރާނޭ ގޮތްތަކެއް އޭނާވަނީ ބަޔާންކޮށްފައެވެ.
"ދަ ކިންގްސް ޠޯރާ" ޝާއިޢްކުރެވުނީ 2009 ވަނަ އަހަރުއެވެ. ޔަހޫދީންނޫން ޣައިރު ދީންތަކުގެ މީހުން މެރުމަށް އޭނާގެ ފޮތުގައި ޔަހޫދީންނަށް ހިތްވަރު ދީފައިވުމުގެ ކުށުގައި މިދިޔައަހަރުގެ ބަހާރު މޫސުމުގައި ސަފިޔަރ ވަނީ ހައްޔަރުވެސް ކުރެވިފައެވެ. އަދި 2008 ވަނަ އަހަރު ފަލަސްޠީނުގެ އާއްމުން ދިރިއުޅޭ ހިސާބުގަނޑަކަށް ރޮކެޓު ހަމަލާއެއް ދިނުމަށް ރޭވުންތަކެއް ރޭވިކަމުގެ ތުހުމަތުވެސް ވަނީ އޭނާގެ މައްޗަށް ކުރެވިފައެވެ.
ފަލަސްޠީނުގެ އާއްމު ރައްޔިތުން އައްޑަނައެއްގެ ގޮތުގައި ހަނގުރާމައިގައި ބޭނުންކުރުމަށް، 2010 ވަނަ އަހަރު އޭނާވަނީ ޔަހޫދީ ސަރަކާރުގެ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރިނަން ފަތުވާ ދީފައެވެ.
"ހަނގުރާމަ ވަރުގަދަ ކުރުމަށާއި ތިމާމެންގެ ބާރުގަދަކުރުމަށް ކުރާ ކޮންމެކަމެއް ވަނީ ޠައުރާތުގައި ހުއްދަ ކުރައްވާފައެވެ." އޭނާ ބުނެފައިވެއެވެ. މީނާގެ ހަރުކަށި ފަތުވާތައްވަނީ ޔަހޫދީ ޢަސްކަރިއްޔާއިން އާއްމުންނަށް ހަމަލާދިނުމުގެ ހުއްޖަތެއްގެ ގޮތުގައިގައި ބޭނުންކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...