ވާހަކަ

ބައްޕާ! އަޅުގަނޑަށް 10 ޑޮލަރު ދެއްވަފާނަންތޯއެވެ؟

މީހަކު މުޅިދުވަހު މަސައްކަތުގައި އުޅެފައި ވަރަށް ވަރުބަލިކަމާއިއެކު ގެއަށް އައިއިރު، ދޮރުމަތީގައި އޭނާގެ 5 އަހަރުވީ ފިރިހެންދަރިފުޅު އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

”ބައްޕާ، ސުވާލެއް ކޮއްލަންތޯ؟“

”އާނ! ކީއްވެ ނުކުރަންވީ، ކޮބައި ސުވާލަކީ؟“ ބައްޕަ ޖަވާބު ދިނެވެ.

”ބައްޕާ، ބައްޕައަށް ގަޑިއަކު ކިތައް ޑޮލަރު ލިބޭތޯ؟“

”އެއީ ދަރިފުޅާ ބެހޭކަމެއް ނޫން!، ތިޔަފަދަ ސުވާލެއް ކުރުމުގެ ބޭނުމަކީ ކޮބައި؟“ ވަރަށް ރުޅިގަދަވެފަ ބައްޕަ ބުންޏެވެ.

”އަޅުގަނޑު ހަމަ އެނގެން ބޭނުންވަނީ، އަޅެ ބުނެދެއްވަބައްލަވާ! ބައްޕައަށް ގަޑިއަކު ކިތައް ޑޮލަރު ލިބޭތޯ؟“ ދަރިފުޅު އާދޭހާއިއެކު ސުވާލު ކުރިއެވެ.

”ދެން ތިހާ އެނގެން ބޭނުންވަންޏާ އެންމެ ރަނގަޅު، ބައްޕައަށް ގަޑިއަކު 20 ޑޮލަރު ލިބޭ“

”އެހެންތޯ...“ ކުއްޖާ ޖަވާބު ދިނެވެ. އަދި އިސްދަށަށް ޖަހާލިއެވެ. އިރުކޮޅަކުން އިސް އުފުލާލައި ބުންޏެވެ. ”ބައްޕާ، އަޅުގަނޑަށް 10 ޑޮލަރު ދެއްވަފާނަންތޯ؟“

ބައްޕަ ވަރަށް ރުޅި ގަދަވިއެވެ. އަދި ބުންޏެވެ. ”އަހަންނަށް އާމްދަނީ ލިބޭވަރު، އެވަރަކުން ތިބެލީ ތިކަހަލަ ކޫސަނި ކަމެއް ކުރަންދޯ؟ ކޮންމެވެސް ކުޅޭ އެއްޗެއް ނުވަތަ ތާކުންތާކު ނުޖެހޭ އެއްޗެއް ގަންނަން ކަމަށްދޯ؟ ހަމަ މިހާރު ކޮޓަރިއަށްދޭ!! އަދި ތިހާ ކަންތައް ބޮޑުވެގެން ތިއުޅެނީ ކީއްވެގެންކަމާއި މެދު ވިސްނާ!! އަހަރެން ކޮންމެދުވަހަކުވެސް މިއުޅެނީ ނުލާހިކު ބުރަކޮށް މަސައްކަތުގައި، އަދި އަހަންނަކަށް ތިޔަ ކޫސަނި ކުޅިވަރުތަކަކަށް ވަޤުތެއް ނެތް.“

ދަރިފުޅު ކިޔަމަންތެރިކަމާއި އެކު ކޮޓަރިއަށް ގޮސް ދޮރުލައްޕާލިއެވެ. ބައްޕަ ބޭރުގަ އިނދެ އެކަމާއި ވިސްނިއެވެ. އަދި ހައްތަހާ ރުޅި ގަދަވިއެވެ. ”އޭނާ ޑޮލަރެއް ހޯދާށޭ ކިޔާފަ އެފަދަ ސުވާލުތައް ކުރަން ކެރުނީ ކީއްވެ؟“

ގަޑިއެއްހާއިރު ފަހުން ބައްޕަ ރުޅި މައިތިރިވެ، ރަނގަޅަށް ވިސްނާލިއެވެ. އަދި އޭނާގެ ދަރިފުޅާއި މެދު ކަންތައް ކުރެވުނީ މާހަރުކަށިކޮށްކަން އޭނާއަށް ވިސްނުނެވެ. ”އޭނާ 10 ޑޮލަރު ހޯދަން ބޭނުންވީ ކޮންމެވެސް މުހިންމު އެއްޗެއް ގަންނަން ކަމަށްވެސް ވެދާނެއެވެ. އޭނާއަކީ މާގިނައިން ފައިސާ ހޯދަން ބުނާ ކުއްޖެއްވެސް ނޫނެވެ.“ ދަރިފުޅުގެ ކޮޓަރި ކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ. އަދި ބުންޏެވެ. ”ދަރިފުޅު ނިދަނީތަ؟“

”ނޫން ބައްޕާ، އަދި ނުނިދަން“ ކުއްޖާ ޖަވާބުދިނެވެ.

”ބައްޕައަށް ދަރިފުޅާއި މެދު މާހަރުކަށިކޮށް ޢަމަލު ކުރެވިއްޖެދޯ؟ ބައްޕަ މާބޮޑަށް މަސައްކަތުގަ އުޅެ ވަރުބަލިވެފަ ހުރިލެއް ބޮޑު ކަމުން އެގޮތަށް ކަންތައް ކުރެވުނީ އިނގޭ، މިއޮތީ ދަރިފުޅު ބުނި 10 ޑޮލަރު“

ދަރިފުޅު ކޮޅަށް އިށީނދެލައި ހަމަޖެހިލިއެވެ. އަދި އުފަލުން ގޮސް ބުންޏެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕާ“ އެއަށްފަހު އޭނާގެ ބާލީސް ދަށުން އެހެން ޑޮލަރުތަކެއް ނެގިއެވެ. ބައްޕައަށް ކުއްޖާ އަތުގަ އޭރުވެސް ފައިސާ ހުރިކަން އެނގުމުން، އަނެއްކާ ރުޅިގަދަވިއެވެ. ކުއްޖާ ކޮންމެއަކަސް އެފައިސާތައް ގުނާލިއެވެ. އެއަށްފަހު އޭނާގެ ބައްޕައާއި ދިމާލަށް ބަލާލިއެވެ.

”ދަރިފުޅު އަތުގައި ފައިސާ ހުއްޓާ ކީއްކުރަން ފައިސާ ހޯދަން ތިކިޔަނީ؟“ ބައްޕަ ރުޅިގަދަވެގެން ސުވާލުކުރިއެވެ.

”އެއީ، ކުރިން އަޅުގަނޑު އަތުގައި އެވަރަށް ނެތީމަ، އެކަމަކު މިހާރު އެބަހުއްޓެވެ.“ ދަރިފުޅު ބުންޏެވެ.

”ލޯބިވާ ބައްޕާ، އަހަރެން އަތުގައި މިހާރު 20 ޑޮލަރު އެބައޮތެވެ... ބައްޕަގެ ވަޤުތުގެ ތެރެއިން 1 ގަޑިއިރު އަޅުގަނޑަށް ވިއްކަފާނަންތޯއެވެ؟“

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ