ހަތިޔާރު އެޅި އިޒްރޭލުގެ ބޯޓަކުން ޤާޒާގެ މަސްބޯޓަކަށް ހަމަލާދީފިއެވެ.
މަސްވެރިކަމުގައި މަސްއޫލުވެ އުޅުނު ފަލަސްތީނުގެ މަސްބޯޓަކަށް ބަޑީގެ ހަމަލާތަކެއް އަމާޒުވެފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ފަލަސްތިނުގެ މީޑިއާތަކުން ކަށަވަރު ކޮށްދެއެވެ. ނަގިލިއަޅައިގެން މަސްވެރިކަން ކުރުމަށް އޮތް މިފަދަ ބޯޓުތަކަށް އިޒްރޭލުގެ ބޯޓުތަކުން ހަމަލާދިނުމަކީ ވަރަށް އާންމުކަމެކެވެ. ފަލަސްތީނުގެ ބިންތަކުގައި ހަމަޖެހިގެން ނޫޅެވޭއިރު ފަލަސްތީނުގެ ކަނޑުގެ އައްސޭރިތަކުގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމެއް ނެތެވެ.
އިޒްރޭލުން ބުނަމުންދަނީ ފަލަސްތީނުގެ މީހުން މަސްވެރިކަން ކުރުމުގައި ފަލަސްތީނުގެ ސަރަހައްދު ފަހަނަ އަޅާ ދާކަމަށެވެ. އެހެނަސް ފަލަސްތީނީން މިކަން ދޮގުކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...