އަރަބިދުނިޔެ ފަލަސްތީނުގެ އިތުރު ގެތަކެއް ބިމާ ހަމަކުރުމުގެ 'އޯޑަރު' ދީފި

ފަލަސްތީނުގެ އިތުރު ގެތަކެއް ބިމާ ހަމަކުރުމުގެ 'އޯޑަރު' ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

ފަލަސްތީނުގެ އިތުރު ގެތަކެއް ބިމާ ހަމަކުރުމުގެ 'އޯޑަރު' ދީފިއެވެ.

ހިފާފައިވާ ޖެރޫސަލަމްގެ މޭޔާރ، ފަލަސްތީނުގެ އިތުރު ގެތަށް ބިމާ ހަމަކުރުމުގެ އަމުރު އިއްޔެގެ ވަގުތެއްގައި ދީފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ކަށަވަރުކޮށްދެއެވެ. އިޒްރޭލުގެ މުނިސިޕަލްޓީއިން ފަލަސްތީނުގެ ގެތައް ތަޅާލުމުގެ އިތުރު މަޝްރޫއެއް ފަށާފައިވާއިރު މިކަމާއި އެސަރަހައްދުގެ ރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދާދިފަހުންވެސް އިޒްރޭލުން ފަލަސްތީނުގެ ގެތައް ތަޅާ ސުންނާފަތިކޮށް އެތަންތަނުގައި އެމީހުންގެ ގެތައް އެޅުމުގެ މަޝްރޫއެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެނަސް ބޭރުގެ ޕްރެޝަރުތަކާއި ހެދި އެމަޝްރޫއު އެމީހުން ބޭނުންވި ބާރު މިނުގައި ވަނީ ނުގެންދެވިފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ފިއްތުންތަކާއި ފާޑުކިޔުންތަކަށް އެއްވެސް ފަރުވާލެއް ނެތި އިޒްރޭލުން ހިންގާ މިބޮޑު ޖަރީމާގެ ސަބަބުން އިޒްރޭލަކީ އެއްވެސް ގާނޫނަކަށް ބޯނުލަނބާނެ ބައެއްކަން އެނގެއެވެ. ފަލަސްތީނުގެ ރައްޔިތުން ބިކަކޮށް އިޒްރޭލުގެ މީހުންނަށް އިމާރާތްތަށް އެޅުމަށް އެގައުމުގެ މުނިސިޕަލްޓީއިން ފޫގަޅާފައިވާއިރު ބުލްޑޯޒަރުތަކާއި އެހެނިހެން އާލަތްތައް މިހާރު ވަނީ ތައްޔާރީ ހާލަތުގައިކަމަށް މީޑިއާތަކުން ހަބަރުލިބެއެވެ.

ދާދިފަހުންވެސް އިޒްރޭލުގެ ބުލްޑޯޒަރުތަކުން ފަލަސްތީނުގައި ދަނޑުވެރިކަން ކުރުމަށް ހަދާފައިވާ ގްރީންހައުސްތަކެއް ވަނީ ހަލާކުކޮށްލާފައެވެ. އަދި ފަލަސްތީނުގައި ހުއްދަ ހޯދައިގެން އިމާރާތްކުރަމުން ދިޔަ ދެބުރީގެ ގެއެއްވެސް ވަނީ ހަލާކުކޮށްލާފައެވެ.

އިޒްރޭލުގެ މި ލާއިންސާނި އަމަލު ދުނިޔޭގެ ބޮޑުން ނަގަނީ ވަރަށް 'ފިނި' ގޮތަކަށްކަން ފާހަގަ ކުރެވެއެވެ. އެހެނަސް އަމަލީގޮތުން މިކަން ކުށްވެރިކުރުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަން ގިނަ މުސްލިމުން ގަބޫލުކުރެއެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.