އަރަބިދުނިޔެ މުޒާހަރައިގެ ބައިވެރިން ޓްރާންސިޝަނަލް ކައުންސިލެއް ޔަމަނުގައި ހަދާނެކަމަށް ބުނެފި.

މުޒާހަރައިގެ ބައިވެރިން ޓްރާންސިޝަނަލް ކައުންސިލެއް ޔަމަނުގައި ހަދާނެކަމަށް ބުނެފި.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

ޔަމަނުގައި ސަރުކާރައި އިދިކޮޅު ފަރާތްތަކުން ޓްރާންސިޝަނަލް ކައުންސިލެއް އެކުލަވައިލާނެ ކަމަށް ހޯމަ ދުވަހު ބުނެފިއެވެ.

ސަންޢާގެ މަަގުތަކަށް އެއްވެފައިވާ އެތަށް ހާސް މުޒާހަރައިގެ ބައިވެރިން މިހެން ހާމަކޮށްފައިވަނީ ނައިބުރައިސް އަބްދު ރައްބޫ މަންސޫރް ހާދި 24 ގަޑިއިރުތެރޭގައި ޓްރާންސިޝަނަލް ކައުންސިލެއް އެކުލަވައި ލުމަށް މުހުލަތެއް ދިނުމަށް ފަހުގައެވެ.

މުޒާހަރައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ހާމަކުރާގޮތުގައި މިހާރު އެމީހުން ސަރުކާރަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައި ވާނެއެެވެ. އަދި މި ވަގުތައް އެންމެ ގަޑިއިރެއްވެސް އިތުރު ނުކުރެވޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ކަނޑައެޅިފައިމިވާ 24 ގަނޑިއިރު ތެރޭގައި ނައިބް ރައިސްގެ ޒިންމާ ނުނަގައިފީމުން މުޒާހަރައިގެ ބައިވެރިން ސިޔާސީ އެހެން ޕާޓީތަކާ ގުޅިގެން އަދި އަސްކަރިއްޔާއާ ގުޅިގެން ކައުންސިލެއް ހަދާނެކަމަށާއި އަދި ސިޔާސީ ޕާޓީތަކުން މިކަމަށް ތާއިދު ނުކޮށްފިނަމަ ޒުވާނުން ކައުންސިލެއް ހަދާނެކަމަށް މުޒާހަރައިގެ އިސްފަރާތެއް ހާމަކޮށްފައިވާކަމަށް ހަބަރުތައް ބުނުއެވެ.

ހަބަރުތައް ބުނާގޮތުން ޖޫން 3 ވަނަ ދުވަހު ޞާލިހު ހުންނަވާ ގަނޑުވަރަށް ދިން ރޮކެޓް ހަމަލައިގައި ލިބުނު ގެއްލުންތަކަށް ފަރުވާހޯދުމަށް ޞާލިހު މިހާރު ހުރީ ސައުދީ އަރަބިޔާގައެވެ. އެ ހަމަލައިގައި ޞާލިހު ހަށިގަނޑުގެ 40 ޕާސެންޓް ފިހިފައިވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ޞާލިހަށް ލިބިފައިވަނީ ކުޑަ ޒަހަމްތަކެއްކަމަށް ސަރުކާރުން ހާމަކުރެއެވެ. އެހަމަލާއާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ސެކުރިޓީ އޮފިސަލުން ހާމަކުރައްވައެވެ.

ޔަމަނުގެ ރައީސް ޞާލިހު ސައުދީ އަރަބިއްޔަގައި ހުންނަވާ ވަރަށް އަވަހަށް ޤައުމާ މުޙާތަބުކޮށް ވާހަކަ ދައްކާނެކަމަށް ޔަމަނުގެ ޑިފެންސް މިނިސްޓަރ ހާމަކުރައްވައެވެ.

މިދިޔަ ޖެނުއަރީ މަހުންފެށިގެން ޔަމަނުގައި އަންނަނީ ރައީސް ޞާލިޙުގެ ސަރުކާރައި އިދިކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. މުޒާހަރައިގެ ބައިވެރިން ކޮރަޕްޝަން ނިމުމަކަށް ގެނެއުމަށާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް މަދު ކުރުމަށް ގޮވަމުންދެއެވެ. މީގެ އިތުރުން 1978 ވަނަ އަހަރުން ފެށިގެން ވެރިކުރަން ކުރަމުން އަންނަ ޞާލިހު ވެރިކަމުން ދުރުވުމަށް ގޮވާލައި އަޑު އުފުލަމުންދެއެވެ.

ޓެގް

ޞާލިހު ޓްރާންޝިޝަނަލް ކައުންސިލް މުހުލަތު މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.