ރިޕޯޓް ރާއްޖޭގައި ދީނީ ހޭލުންތެރިކަން ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ - ރާއްޖެ އިސްލާމް

ރާއްޖޭގައި ދީނީ ހޭލުންތެރިކަން ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ - ރާއްޖެ އިސްލާމް

ރާއްޖޭގައި ދީނީ ހޭލުންތެރިކަން ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ - ރާއްޖެ އިސްލާމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި ފާއިތުވެދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ދީނީ ހޭލުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެން ހިންގައްޖެކަމަށް ރާއްޖެ އިސްލާމް ޑޮޓް ކޮމް އިން ހާމަކޮށްފިއެވެ.

ރާއްޖެ އިސްލާމް އިން މިހެން ހާމަކޮށްފައިވަނީ އެވެބުސައިޓުން ދިވެހިރާއްޖޭގެ ދީނީ ހާލަތާއި ބެހޭގޮތުން ކުރި ދިރާސާ ރިޕޯޓްގައެވެ. މިދިރާސާ ރިޕޯޓްގައި، ދިރާސާގެ ބައިވެރިން ފާހަގަކުރި މައިގަނޑު 5 ކަމެއް މިދިރާސާ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވެއެވެ. ލާދީނީ ފިކުރުގެ މީހުންގެއަޑު ކުރިއަށްވުރެ ބާރަށް އެއްވެސް ޖެހިލުމެއްނެތި ފާޅުކަން ބޮޑުގޮތެއްގައި އިވޭ އިވުމަކީ އިސްލާމްދީނަށް ލޯބިކުރާމީހުން އިތުރުވެގެންދާކަމުގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ޢަލާމާތެއް ކަމުގައި، ރާއްޖެ އިސްލާމް ޑޮޓް ކޮމްގެ ދިރާސާ ރިޕޯޓުގައި އަލިއަޅުވާލައިފައިވެއެވެ.

ދީނީ ހޭލުންތެރިކަން އިތުރުވެގެންދާ، މިފަދަ ދަނޑިވަޅެއްގައި، އެކަމާމެދު ނުރުހުންތެރިވާ ބަޔަކު ދީނާ ދެކޮޅު ޙަރަކާތްތައް އިތުރު ކުރާނެކަމަށާއި. އެކަމުގެ މިކަމުގެ ހެއްކެއްގެ ގޮތުން މިހާރު އިންތިޒާމު ކުރެވެމުންދާ އިންޓަނޭޝަނަލް ފެންވަރުގެ މިޔުޒިކް ޝޯތަކާއި، ސެކިޔުލަރިސްޓް ހަރަކާތްތައް ގިނަވެގެންދާކަން މިދިރާސާ ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.  ހަމައެހެންމެ، އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި ބަޔަކު މީހުން ފާޅުގައި ނުކުތުމާއި، ދީނީ ދަރުސްތަކުގައި ވަކިކަހަލަ ވާހަކަތަކެއް މެނުވީ ނުދެއްކުމަށް ދެވޭ އިންޒާރުތައްވެސް ދިވެހިރާއްޖޭގެ މަޞްރަޙުން ދަނީ ފެންނަމުން ކަމަށްވެސް ރާއްޖެ އިސްލާމް ޑޮޓް ކޮމްގެ ދިރާސާ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވެއެވެ.

މިއީ ރާއްޖޭގެ ދީނީ ޙާލަތާއިބެހޭ ގޮތުން މިހާތަނަށް ކުރެވުނު ފުރަތަމަ ދިރާސާއެވެ.

މިދިރާސާ ރިޕޯޓް ވިދާޅުވޭ!

ޓެގް

ދިރާސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.