އެހީ! ކިޑްނީ ފެއިލްވުމުގެ ފަހުގެ މަރުޙަލާގައިވާ ޒުވާން މުޙައްމަދު އާދަމް އަށް އެހީވެދެއްވާ!

ކިޑްނީ ފެއިލްވުމުގެ ފަހުގެ މަރުޙަލާގައިވާ ޒުވާން މުޙައްމަދު އާދަމް އަށް އެހީވެދެއްވާ!

ކިޑްނީ ފެއިލްވުމުގެ ފަހުގެ މަރުޙަލާގައިވާ ޒުވާން މުޙައްމަދު އާދަމް އަށް އެހީވެދެއްވާ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅާނަމަ މުޅި ހަށިގަނޑު ހޭލާ ހުރުމާ ހުން އައުމުން އެކަމުގައި ބައިވެރިވެއެވެ. ވޭނުގައި އެހީ އަށް ބޭނުންވެފައިވާ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ މުސްލިމުންގެ ގޮތެވެ.
ހދ. ހަނިމާދޫ / ބޯގަންވިލާ، މުޙައްމަދު އާދަމް (29 އ.) އަކީ ދެ ކިޑްނީ ފެއިލްވުމުގެ އެންމެ ފަހު މަރުޙަލާގެ ދުވަސްތައް ގުނަމުންދާ ޒުވާނެކެވެ. މުޙައްމަދުގެ ދެކިޑްނީގެ 90 އިންސައްތަ ވަނީ ފެއިލްވެފައެވެ. މުޙައްމަދަށް "އެކިއުޓް ކިޑްނީ ފެއިލިއަރ" ބަލި ޖެހުނީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. އޭނަގެ މިބައްޔަށް ފަރުވާ ހޯދުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނަށް ދެއްކުމަށްފަހު އިތުރު ފަރުވާއަށް އިންޑިޔާ އަށް ދެވުނެވެ. އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުން ލަފާދެއްވާފައިވަނީ ވީއެންމެ އަވަސް ފުރުޞަތެއްގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. ނަމަވެސް ކިޑްނީ ބަދަލުކުރުމަށްދާ ޚަރަދަކީ ވަރަށްވެސް ބޮޑު ޚަރަދެކެވެ. އެ ޢާއިލާގައި އެވަރުގެ މާލީ ތަނަވަސްކަމެއް ނެތުމާއެކު އެފަދަ ބޮޑު ޚަރަދެއް ކުރުމަށް ވަނީ ނުކުޅެދިފައެވެ.
މުޙައްމަދު މިހާރު ފަރުވާ ހޯދަމުން ދަނީ އައި.ޖީ.އެމް ހޮސްޕިޓަލުންނެވެ. އެތަނުގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި މުޙައްމަދު މިހާރު ވަނީ މިބަލީގެ އެންމެ ފަހުގެ މަރުޙަލާގައެވެ. މުޙައްމަދަށް މިހާރު ދެވެމުން ދަނީ ވަޤުތީ ފަރުވާއެކެވެ. އެއީ ހަފްތާއަކު ދެފަހަރު ހެމޮޑައިލެސިސް ހެދުމެވެ.
ވަޤުތީ ފަރުވާއެއްގެ ގޮތުން ޑައިލެސިސް ހަދަމުން ގެންދިޔަ ނަމަވެސް މުޙައްމަދުގެ ޙާލު ރަނގަޅެއް ނޫނެވެ. ޙާލު ރަނަގަޅުވަމުން ނާންނަ އެއް ސަބަބަކީ ބަލީގެ ސަބަބުން މުޙައްމަދަށް ނަފްސާނީ ގޮތުން އަސަރު ކުރަމުން ދާތީ ކަމަށް ޢާއިލާ އިން ބުނެއެވެ.
މުޙައްމަދު ގެ އާއިލާގެ ފަރާތުން އޭނަގެ ކޮއްކޮއެއް ކަމަށްވާ އާދަމް އިބްރާހީމް ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި ކިޑްނީ ބަދަލުކުރުމަށްޓަކައި ގާތްގަނޑަކަށް 6 ލައްކަ ރުފިޔާ ނުވަތަ 35 ހާސް ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. އޭނަ ބުނީ ޢާއިލާގެ ފަރާތުން އެހީ ހޯދުމަށްޓަކައި މިހާރު މަސައްކަތްކުރަމުންދާ ކަމަށާއި، އެގޮތުން ރަށުގެ (ހަނިމާދޫ ގެ) އެކި ހިސާބުތަކުގައި ފަންޑު ފޮށިތައް ބެހެއްޓިފައިވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އިތުރުން ވަރަށް ގިނަ ފަރާތްތަކަށް ސިޓީ ފޮނުވަމުންދާ ކަމަށް އާދަމް އިބްރާހީމް ބުންޏެވެ. މިގޮތުން ރައީސް އޮފީހަށާއި، އިސްލާމިކް މިނިސްޓްރީ އަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށާއި، އަދި ޖަވާބު ލިބިފައި ނުވާ ކަމަށް އޭނަ ބުންޏެވެ.
މުޙައްމަދު އާދަމް އަކީ ހަނިމާދޫގެ ތަރައްޤީއަށާއި ޚާއްޞަކޮށް ޒުވާނުންގެ ތަރައްޤީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ޒުވާނެކެވެ. މުޙައްމަދު ވަޒީފާ ޢަދާކުރަމުން އައީ ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ. ބަލި ޙާލަތު ހުރިގޮތުން މިހާރު ފަރުވާ ހޯދުމަށްޓަކައި އޭނަ ހުރީ މާލޭގައި ޗުއްޓީގައެވެ. މުޙައްމަދު އަކީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ރައީސްގެ އިތުރުން ހަނިމާދޫ ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ނައިބު ރައީސްވެސް މެއެވެ. އަދި ޒިންމާދާރު ބައްޕައެއް ވެސްމެއެވެ. މުޙައްމަދުގެ ރަޙްމަތްތެރިން ސިފަކުރާގޮތުގައި އޭނަ އަކީ ހިތްހެޔޮ މީހެކެވެ.
މުޙައްމަދަށް ވަނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީ އަށް އިންތިހާއަށް ބޭނުންވެފައެވެ. މި ޒުވާނާ އަށް އެހީތެރިވެ ދެއްވުމަށް ބޭނުންވާ ފަރާތްތަކުން އޭނަގެ ބޭބެ ޢަބްދުއްރަޝީދު އާދަމްގެ ނަމްބަރ 7798800 ނުވަތަ ކޮއްކޮ އާދަމް އިބްރާހީމްގެ ނަމްބަރ 7959989 ފޯނަށް ގުޅުއްވާށެވެ. ނޫނީ އަބްދުއްރަޝީދު ޢާދަމްގެ ނަންމަތީގައިވާ ނަމްބަރ 001-258539-7701 އެކައުންޓަށް އެހީގެ ގޮތުގައި ފައިސާ ޖަމާކޮށް ދެއްވާށެވެ.
ﷲ ގެ މަގުގައި ކިތަންމެ ކުޑަ މިންވަރެއް ހޭދަ ކުރިކަމުގައިވިޔަސް އޭގެ ބަދަލު އެއަށްވުރެ ފުރިހަމައަށް އެކަލާނގެ ދެއްވާނެއެވެ. ފަސްނުޖެހި މިޒުވާނާ އަށް އެހީތެރިވެ ދެއްވާށެވެ. އެހެން މީހުންގެ އެހީތެރިކަމަށް ތިބޭފުޅާއަށް އެދެން ޖެހިދާނެކަމާމެދު ވިސްނަވާށެވެ.

ޓެގް

ހެލްޕް އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.