އަރަބިދުނިޔެ 4 އަހަރަށްފަހު ޣައްޒާ އާއި މިސްރު ގުޅިފައިވާ ސަރަޙައްދީ ބޯޑަރު ހުޅުވާލައިފި

4 އަހަރަށްފަހު ޣައްޒާ އާއި މިސްރު ގުޅިފައިވާ ސަރަޙައްދީ ބޯޑަރު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

4 އަހަރަށްފަހު ޣައްޒާ އާއި މިސްރު ގުޅިފައިވާ ސަރަޙައްދީ ބޯޑަރު ހުޅުވާލައިފިއެވެ.

ބަންދުކޮށްފައި އޮތުމަށްފަހު ފަލަސްތީނާއި މިސްރުގެ ބޯޑަރު ހުޅުވާލުމާއި އެކު ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ އެކި ބޭނުންތަކަށް މިސްރަށް ގޮސްފައެވެ.  މިސްރުގެ ވެރިކަމަށް އައި ބަދަލުގެ ސަބަބުން މިނިންމުން ނިންމާފައިމިވާއިރު 300 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން މިސްރަށް ގޮސްފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ޚަބަރު ދެއެވެ. އެރައްޔިތުންނާއި ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި 'މިސްރަށް އެތެރެވީ ފަސޭހަ ކަމާއި އެކުގައި.' ކަމަށާއޮ ކަމަށާއި 'މިފަސޭހަކަން ކުރިއަށް އޮތްތަނުގައި އޮންނަ ނަމަ އެއްވެސް މައްސަލައެއް ނެތްކަމަށް' ކަމަށެވެ.

މިސްރުގެ ވެރިކަމުން ހުސްނީ މުބާރަކް ބޭލުމާއި އެކު މިސްރަށް ދަނީ 'ހެޔޮ' ބަދަލުތައް އަންނަމުންކަމަށް މުސްލިމް މުފައްކިރުން ދަނީ ވިދާޅުވަމުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް މިސްރަށް އަންނަމުންދާ ހެޔޮ ބަދަލު ދެމި އޮވެއްޖެނަމަ ފަލަސްތީނަށް ފައިދާތަކެއް ކުރާނެކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޣައްޒާ އާއި މިސްރުގެ ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

ޓެގް

މިސްރު ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.