އަރަބިދުނިޔެ ފަލަސްޠީނުގެ 3 ވަނަ އިންތިފާޟާގެ ޙަރަކާތްތައް ފެށިގެން ކުރިއަށް

ފަލަސްޠީނުގެ 3 ވަނަ އިންތިފާޟާގެ ޙަރަކާތްތައް ފެށިގެން ކުރިއަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިއްސަވިއްޔާގައި ފަލަސްޠީނުގެ ޒުވާން މުޖާހިދެއް އިޒްރޭލުގެ ބޯޑަރުކައިރީގައި ހުރި ސިފައިންގެ މީހުންނާ ދިމާލަށް ސާޅަނގަ އެއް ޖަހަނީ

ލިޔުނީ: މުޙައްމަދު ވިޝާޙް

ފަލަސްޠީނުގައި ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ އިންތިފާޟާގެ ޙަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި އިންތިފާޟާ ފެށިފައިވަނީ 13 މެއި 2011 ވީ ހުކުރު ދުވަހު ފަތިސްނަމާދަށްފަހު އިންތިފާޟާގައި ބައިވެރިވާ ހުރިހާ ފަހުލަވާނުންނަށް ދުޢާ ކުރުމާއެކުއެވެ. އިންތިފާޟާ އިންތިޒާމް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އިންތިފާޟާގެ ބޮޑު ދުވަހަކީ ނަކްބާ ޑޭ ގެ ނަމުން ނަންދެވިފައިވާ ދުވަސް ކަމުގައިވާ 15 މެއި 2011 ވާ އާދީއްތަ ދުވަހެވެ.  މި ގޮތުން މިހާތަނަށް ކުރިއަށް ގޮސްފައިވާ ހަރަކާތްތަކަށް ބަލާލައިއިރު، ލުބްނާނުގައި 50،000 ފަލަސްޠީނު ރައްޔިތުން ބޯޑަރާއި ހަމައަށް ގެންދިޔުމަށްޓައި 1000 ބަސް ތައްޔާރުކޮށްފައިވާ ކަމުގެ ހަބަރު ލިބެމުން ދެއެވެ. ހަމަމިއާއެކު ، މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު ކަމަށްވާ މަސްޖިދުލް އަޤްސާ ހިމެނޭ ޝަހަރުގައި ނުވަތަ އޫރުޝަލީމްގައި ވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއްކޮށްފައެވެ. އަދި މިމުޒާހަރާގައި ފަލަސްޠީނުގެ ޒުވާން ފަހުލަވާނުންނާއި އިޒްރޭލުގެ ސިފައިންނާދެމެވެ ކުރިމަތިލުންތަކެއް ހިނގައިފައިވާކަމަށްވެސް ވަނީ ހަބަރު ލިބިފައެވެ. މީގެ އިތުރުން ޖޯޑަން ( އުރުދުން) އާ ފަލަސްޠީނާގުޅޭ ބޯޑަރާ ގާތްގަނޑަކަށް 1 ކިލޯމީޓަރު ދުރުގައި މުޒާހަރާ ކުރެވެމުން އެބަދެއެވެ. ހަމައެއާއެކު، މިސްރުގައިވަނީ އިޒްރޭލުގެ އެންބަސީ ކައިރިއަށް އެއްވެ އެތަނުގައި އެތައް ސަތޭކަ ފަހުލަވާނުންނެއް މުޒާހަރާކޮށްފައެވެ. އަދި މިމުޒާހަރައިގެ ބައިވެރިން ވަނީ އިޒްރޭލާ އެކު އޮންނަ ގުޅުން ކަނޑާލުމަށް މިހާރު އޮތް ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން 15 މެއި 2011 ވަނަ ދުވަހު "މިލިއަން މާރޗް" ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވާނެ ކަމަށާއި، މި ހިނގާލުމުގައި މިސްރާއި ޢައްޒާ ގުޅޭ ބޯޑަރު ހުރަސްކޮށް ޢައްޒާއަށް ވަންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިވަގުތު މިސްރުގެ ބޯޑަރު ކައިރީގައި ސިފައިން ގާޑުކުރަމުން ދިޔަނަމަވެސް، 15 ވަނަ ދުވަހު ބޯޑަރު ހުޅުވާނެކަމަށް މައުލޫމާތު ލިބެމުން ދެއެވެ. މީގެ އިތުރުން އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ސަފީރު ޖޯޖް މިޝާލް ވަނީ އެއްވެސް ސަބަބެއް ހާމަކުރުމެއްނެތި ހަމަ އެދުވަހު އިސްތިޔުފާ ދީފައެވެ. އަދި އޭނާގެ ބަދަލުގައި އެމަގާމަށް އިސްކޮށްފައިވަނީ ޑޭވިޑް ހޯލްކަމަށް އެމެރިކާގެ ރައީސް ބެރެކް އޮބާމާވަނީ ހާމަކޮށްފައެވެ،

އިންޝާﷲ، މި އިންތިފާޟާއާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް ލިބެމުން ދިޔަވަރަކަށް ދިއިސްލާމް.ކޮމް ގެ ކިޔުންތެރިންނާ ހިއްސާކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ޓެގް

ފަލަސްޠީނު، އިޒްރޭލް ، އިންތިފާޟާ، 3 ވަނަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.