ވާހަކަ

“ވަޙިގެ މަލާއިކަތާ ޖިބްރީލުގެފާނު އަވަހާރަ ވެއްޖެއެވެ.”

އެދުވަސްވަރަކީ އިންޑިއާގައި ނަސާރާދީން ފެތުރުމަށް ވަރަށް ގަދައަޅާ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެކެވެ. މިގޮތުން، ނަސާރާދީން ފަތުރަން މަސައްކަތްކުރާ (މިޝަނަރީ) ގުރޫޕުތަކުން، މުސްލިމުންނަށް އަމާޒުކޮށްވެސް އެތަކެއް ޖަލްސާތަކަކާއި ބައްދަލުވުން ތަކެއް ބޭއްވިއެވެ. މީގެ މިޝަނަރީ ގުރޫޕެއް، މައުލާނާ ސާހިބު (އިންޑިޔާގައި އުޅުއްވި ޢިލްމުވެރިއެއް)ގެ އަރިހަށްވެސް އައެވެ. އަދި އެބޭފުޅާ އާއިއެކު ބައްދަލުވުންތަކެއް ބާއްވައި އެމީހުންގެ ދައުވަތަކީ ކޮބައިކަން ވަރަށް ސާފުކޮށް މައުލާނާ ސާހިބަށް ކިޔާދެއްވިއެވެ.

އެމީހުންގެ ދައުވަތުގެ ޚުލާސާއަކީ، ކަލާނގެ (ނުވަތަ ކަލާނގެ ދަރިކަލުން)، އިންސާނެއްގެ ސޫރައިގައި ދުނިޔެއަށް ވަޑައިގަތެވެ. އެއަށްފަހު އިންސާނެއްގެ ސޫރާގައި ހުރި ކަލާނގެއަށް (ނުވަތަ ކަލާނގެ ދަރިކަލުންނަށް) ކިޔުނީ މަސީހު ޢީސާއެވެ. ކަލާނގެ (ނުވަތަ ކަލާނގެ ދަރިކަލުން) އިންސާނެއްގެ ސޫރާގައި ދުނިޔެއަށް އައުމުގެ މަޤްސަދަކީ ޤުރުބާންވެ މަރުވުމެވެ. ޤުރުބާންވުމުގެ މަޤްސަދަކީ، އެންމެ ފުރަތަމަ އުފަންވެވަޑައިގެންނެވި 2 އިންސާނުންކަމުގައިވާ އާދަމްގެފާނާއި ހައްވާގެފާނަށް ކުރެއްވުނު ފާފައިގެ ސަބަބުން، ދެން ދުނިޔެއަށް އުފަންވި އަދި އުފަންވާނެ އެންމެހާ އިންސާނުންނަށްވެސް އެފާފަ ވާރުތަވެ، އެންމެހައި އިންސާނުން ފާފަވެރިވެފައި ވާތީވެ، އެފާފައިން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ކުޅަދުންވަންތަ ކަލާނގެ ދުނިޔެއަށް އިންސާނެއްގެ ސޫރާގައި އައިސް ގުރުބާން ވުމެވެ. މިއީ އެމީހުންގެ ދެމުން އައި ދަޢުވަތުގެ އަސްލެވެ.މައުލާނާ ސާހިބަކީ ބޮޑު ޢިލްމުވެރިއަކަށް ވެފައި ޤުރުއާނާއި ބައިބުލް (ބަދަލު ގެނެސްފައިވާ އިންޖީލު) ވެސް ދެނެލައްވާ ބޭފުޅަކަށް ވުމުން، މިވާހަކަތަށްވީ އެމަނިކުފާނަށް ވަރަށް ޖޯކު، ހެއްވާ އަދި ތާކުންތާކު ނުޖެހޭ ވާހަކަ ތަކަކަށެވެ. އެހެންކަމުން، ރިވެތި ގޮތުގައި، އެބައި މީހުނަށް ރަގަނޅުގޮތަކީ ކޮބައިކަމާ، ޙައްޤު އިލާހަކީ ކޮބާކަމާ، އަދި ޢީސާގެފާނަކީ ޙައްޤު އިލާހު ފޮނުއްވި މަތިވެރި ރުސޫލެއްކަން ބުނެދީ މިބައި މީހުންނަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އެބައި މީހުނަށް ވިސްނޭގޮތެއް ނުވިއެވެ. ނުވަތަ ވިސްނާކަށް ބޭނުމެއް ނުވިއެވެ. އަދި އެބައިމީހުންގެ ދެކޮޅުނުޖެހޭ ދަޢުވަތު މައުލާނާ ސާހިބު ޤަބޫލުކުރައްވައިތޯ އެކިކަހަލަ ވާހަކަތަށް ދެއްކުން ގިނަކުރިއެވެ.ިގޮތަށް ކުރިޔަށް ދިޔަ ބައްދަލުވުމުއްގެ ތެރޭގައި މައުލާނާ ސާހިބުގެ އަރިހުގައި އުޅުއްވާ ނޯކަރު ކުއްޖަކު އައިސް، މައުލާނާސާހިބުގެ ކަންފަތްތޮށުގައި ސިއްރުން އެއްޗެއް ބުނުއްވިއެވެ. އެވަގުތު މައުލާނާ ސާހިބުގެ މޫނުމައްޗަށް ހިތާމަވެރިކަމުގެ ކުލަވަރު އައެވެ. އަދި އެންމެގެ ތެރޭގައި މައުލާނާ ސާހިބު ބާރަށް ކީރިތި ކުރައްވަން ފެއްޓެވިއެވެ.
އެވަގުތު އެތާގައި ތިބި ކުރިސްޓިއަން މިޝަނަރީ ގުރޫޕުގެ ބޮޑުމީހާ، ވަރަށް ކަންބޮޑުވެ، ދެރަވެފައިވާހާލު މައުލާނާސާހިބާއި ސުވާލުކުރިއެވެ.

“މައުލާނާ ސާހިބު! އަނެއްކާ ކަމެއް ގޯސްވީތޯ؟ ކޮންފަދަ ހަބަރެއްތޯ އެކުއްޖާ އެގެނައީ؟”

މައުލާނާ ސާހިބު ކީރިތި ކުރައްވަމުން ޖަވާބު ދެއްވިއެވެ. “ދިމާވި ކަންތަށް ވަރަށް ދެރައެވެ… ވަރަށް ހިތާމަވެރިއެވެ… އެކުއްޖާ ގެނައި ޚަބަރަކީ…. ވަޙީގެ މަލާއިކަތާ، ޖިބްރީލުގެ ފާނު އަވަހާރަވެގެން އުޅޭ ޚަބަރެވެ.”

އެހެން ބުނުމާއެކު ކުރިސްޓިއަން މިޝަނަރީގެ މީހުންތަށް ހޭންފެށިއެވެ. މަލާމާތުގެ ހުނުމަކުން ނެވެ. އަދި އެމީހުންގެ ބޮޑުމީހާ ހެމުން ހެމުން ސުވާލުކުރިއެވެ. “މައުލާނާ ސާހިބެވެ! އަޅުގަނޑު ހައިރާންވެއްޖެ! މަނިކުފާނުފަދަ ވިސްނޭ، އަދި ކިޔަވައިގެން ހުންނެވި ބޭފުޅަކު ތިޔަފަދަ ތާކުންތާކު ނުޖެހޭ ވާހަކަވެސް ގަބޫލު ކުރައްވަންތޯ؟… އެޅެ ފަހެ މަލާއިކަތުންނަކީ އެއީ ހަވަހާރަވާ ބަޔެއްހެއްޔެވެ؟”

ކީރިތި ކުރައްވަމުން ދިޔަ މައުލާނާ ސާހިބު ޖަވާބު ދިނެވެ. “އަހަރުމެން ނެތުމުގެ ތެރެއިން އުފެއްދެވި ކަލާނގެ އަވަރަވާއިރު، މަލާއިކަތުން އަވަހާރަ ނުވާންވީ ކީވެތޯއެވެ؟”

މައުލާނާ ސާހިބު އެހެން ވިދާޅުވުމުން، ކުއްލިޔަކަށް މިޝަނަރީ ގުރޫޕުގެ އެންމެން ހުނުން ހުއްޓާ ހަމަހިމޭން ވެއްޖެއެވެ. ބަސްހުއްޓި ޗުއްޕުވެސް ނުބުނެ ތިބެއްޖެއެވެ. އަދި ލަދުގެންފައިވާ ހާލުގައި، އެތަނުން ނުކުމެގެން ގޮއްސިއެވެ.

ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމުކެވެ. މައުލާނާ ރަޙިމަތުﷲ ކައިރަނާވީއަކީ (މައުލާނާ ސާހިބަކީ) އިންޑިޔާއަށް އުފަން މަޝްހޫރު ޢިލްމުވެރިއެކެވެ. އެމަނިކުފާނު އުފަންވެ ވަޑައިގަތީ މީލާދީން 1818 ގައެވެ. އަދި އަވަހާރަވީ 1891 ގައެވެ.

ގުޅުންހުރި

6 ޚިޔާލު

  1. މިއީ ހަޤީޤީ ވާހަކައެއް ތަ!!!

  2. މިއީ ހަޤީޤީ ވާހަކައެއް ތާ؟

  3. އައިސަތު މައިސާ ގެ ވިސްނުން ކޮށި ކަމުން ދޯ . ނިކަން އަދި އެފަހަރު ކިއާލަބަ

  4. Samaalukan hoadhan liyevifa thiothy heading ah kufuruge jumlaeh

  5. konme maana eh gai beynun kohfa inn namaves heading ga thi othee rangalhu jumla eh nun . heading badal kohla dinun edhen .

  6. ޙަޤީޤީ ވަކައަކަށް ވިއަސް ނުވިއަސް ސުރުޚީ އަކަށް ޖަހަން ހެޔޮނުވާ ވަރުގެ ސުރުޚީ އެއް ތީ.

Your email address will not be published. Required fields are marked *

More in ވާހަކަ