އަރަބިދުނިޔެ އުސާމާ ބިންލާދިންގެ މަރު؟؟!!

އުސާމާ ބިންލާދިންގެ މަރު؟؟!!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުހައްމަދު އަހްމަދު (މޯޑް)

2 މެއި 2011 ވީ ހޯމަދުވަހު އެންމެ ބާރަށް ދެކެވެމުންދާނެ އެއްޚަބަރަކީ އުސާމާ ބިން ލާދިން އަވަހާރަކޮށްލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ތަޤްރީރުކުރި ޚަބަރުކަން ޔަގީނެވެ. ހުޅަގުން ޔަހޫދީން ކޮންޓްރޯލްކުރާ މީޑިއާ އިން ފަތުރަމުން އެދަނީ އެޚަބަރުތަކެވެ. އެހެން ނަމަވެސް އަޅުގަނޑުމެން މުސްލިމުންގެ ޝިޔާރަކަށް ވާންވާނީ ޚަބަރެއް ލިބިއްޖެނަމަ އެޚަބަރުގެ ތެދުދޮގު ބަލާ ޔަގީންކުރުމަށް ފަހު އަނެކާއަށް އެޚަބަރު ފޯރުކޮށް ދިނުމެވެ.

މިއަދު ބިންލާދިންގެ މަރާއި ގުޅޭގޮތުން ފުރަތަމަ ދެކެވުނީ ބޮލަށް ބަޑިޖަހާ މަރާލެވުނު ވާހަކައެވެ. އޭގެތެރޭގައި އަންހެނަކާއި، އިތުރު 3 ފިރިހެނުންވެސް ހިމެނޭ ވާހަކައެވެ. އަދި ފޮޓޯއެއްވެސް ވަނީ މީޑިއާގައި އާންމުކޮށްފައެވެ. އެންމެ ފަހުން ދެކެވޭ ވާހަކައަކީ އުސާމާގެ ގަބުރު މޫދުގައި ވަޅުލިވާހަކައެވެ. އުސާމާ މަރާލެވުނު އިރު ދިރިއުޅެމުން އައީ ޕާކިސްތާނުގެ އަބަތުއާބާދުގައި ހުރި ޕާކިސްތާން ސިފައިންގެ ތަމްރީން މަރުކަޒެއްގެ ކައިރީގައި ހުރި ގެއެއްގައި ކަމަށެވެ. އެމެރިކާގެ ނޭވީސީލުންނޭ ކިޔާ ސިފައިން މި އޮޕަރޭޝަން ހިންގި އިރު ޕާކިސްތާންގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ނޭނގޭކަމަށްވެއެވެ. އެހެންނަމަވެސް މިލިޔުމުގައި މިބަލާލަނީ އާންމުކޮށްފައިވާ ބިންލާދިންގެ ފޮޓޯ އާއި ބެހޭ ކުޑަކުޑަ ފާޑުކިޔުމެކެވެ.

މަތީގައި މިވަނީ އުސާމާ ބިން ލާދިންގެ މީގެ 15 އަހަރު ކުރިއެވެ.

މަތީގައި މިވަނީ މަތީގައިވާ ފޮޓޯ ވާތްފަރާތަށް ފްލިޕް ކޮށްލުމުން ފެންނަ ގޮތެވެ.

ކަނައަތް ފަރާތުގައި މިއިން ފޮޓޯއަކީ ބިންލާދިންގެ ބޮލަށް ބަޑިޖަހައި މަރާލާފައިވާ ކަމަށް ބުނާ ފޮޓޯއެވެ. ވާތްފަރާތުގައި އެވަނީ ވާތް ފަރާތައް ފްލިޕްކޮށްލާފައިވާ ފޮޓޯ އެވެ. ވަރަށް ތިލަކޮށް ދެފޮޓޯ އަށް އަޅާކިޔާލަ ބަލާށެވެ. ފޮޓޯޝޮޕްގެ ޖާދޫ ވަރަށް ފުރިހަމައަށް ފެންނާނެއެވެ. ތުނބުޅިންނާއި ދެބުމަ ދޭތެރެއިންނާއި މަތީތުންފަތުގެ މަތިން ފެށިގެން ނިތްކުރީ އިސްތަށިތަކާއި ހަމައަށް ބުލާރޑް އާއި ޝާޕްނަސްގެ އެޑިޓިން ވަރަށް ފުރިހަމައަށް ފެންނާނެއެވެ. އަމިއްލައަށް ގޮތެއްނިންމަވާ!.

ފޮޓޯ ހަދާފައިވާ ކަމަށް ބެލެވޭ ގޮތެއް.

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.