22 ވަނަ އަރަބި ސަމިޓް ފެށިއްޖެއެވެ.
'ފަލަސްތީނުގެ މައްސަލަ'އިގެ މައްޗަށް ބޮޑަށް ބިނާވެގެން ކުރިއަށްދާ މިސަމިޓްގައި އަރަބި ގައުމުތަކުގެ 7 ވެރިން ބައިވެރިވެފައެއް ނުވެއެވެ. އޭގެތެރޭގައި ސައުދީ، މިސްރު އަދި ލެބަނާންގެ އިސްވެރިން ވަނީ ސަމިޓާއި 'ދުރުގަ'އެވެ. ހޮނިހިރު ދުވަހު ފެށުނު އަރަބި ސަމިޓްގައި 'ފަލަސްތީނުގެ މައްސަލަ' އާއި މެދު އަރަބި ސަމިޓްގައި ވަނީ 'ކަންބޮޑުވުން' ފާޅުކޮށްފައެވެ.
އަރަބި ލީގުގެ ފަރާތުން ބާއްވާ 'އަރަބި ސަމިޓް'އަކީ އިސްލާމީ ދުނިޔޭގައި ކުރިމަތިވާ ގޮންޖެހުންތަކާއި މެދު މަޝްވަރާ ކުރަން ބާއްވާ ސަމިޓަކަށްވީނަމަވެސް ކޮންމެ އަހަރަކުހެން މިސަމިޓް ވެގެންދަނީ މުސްލިމު ގައުމުތަކުގެ މެދުގައި 'ބަހުގެ ހަމަލާ' ދިނުމުގެ ސަމިޓަކަށެވެ. އަދި 'އަރަބި ސަމިޓް'ގެ ހަބަރާއި މައުޟޫމާތު ދުނިޔޭގެ މީޑިއާތަކުންވަނީ ކަވަރު ނުކޮށް ދޫކޮށްލާފައެވެ. ހިތާމައީ އިސްލާމީ ގައުމުތަކުގެ މިފަދަ މުހިންމު އިވެންޓަކަށްވެސް 'ނޫނެކޭ' ބުނާކަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...