ދުނިޔެ ދެ ޙަރަމްގައި ރޯދަވީއްލުމުގެ ޚިދުމަތް ދިނުމުގައި އިޝްތިހާރީ ޙަރަކާތްތައް މަނާކޮށްފި

ދެ ޙަރަމްގައި ރޯދަވީއްލުމުގެ ޚިދުމަތް ދިނުމުގައި އިޝްތިހާރީ ޙަރަކާތްތައް މަނާކޮށްފި

ދެ ޙަރަމްގައި ރޯދަވީއްލުމުގެ ޚިދުމަތް ދިނުމުގައި އިޝްތިހާރީ ޙަރަކާތްތައް މަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާގެ މަސްޖިދުލް ޙަރާމް އަދި މަދީނާގެ މަސްޖިދުއް ނަބަވީގެ ކަންކަން ބަލަހައްޓާ ޖެނެރަލް އޮތޯރިޓީން ރަމަޟާން މަހު ރޯދަވީއްލުމުގެ ޚިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތައް އާންމުކޮށްފިއެވެ.

މި އުސޫލުތައް ތަންފީޒުކުރެވޭނީ ދެ ޙަރަމްގައި ރޯދަވީއްލުމުގެ ޚިދުމަތް ދޭން ބޭނުންވާ އެންމެހާ ފަރާތްތަކަށެވެ.

އޮތޯރިޓީން ހާމަކުރި ގޮތުގައި، ރޯދަވީއްލުމުގެ ޚިދުމަތް ދިނުމުގެ ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކަކީ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށް، ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އަދި ޝަރުޢީ އަދި ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމާއެކު، އޮތޯރިޓީން ފާސްކޮށްފައިވާ ރޯދަވީއްލުން ބެހުމުގެ ޕްލޭނެއް ހުށަހަޅަންޖެހެއެވެ.

މީގެއިތުރުން، ހުއްދަ ލިބޭ ފަރާތްތަކުން ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ޚިދުމަތް ދިނުމަށާއި، ސާފުތާހިރުކަން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ރޯދަވީއްލުމުގެ ޚިދުމަތް ދިނުމުގައި އެއްވެސް ބާވަތެއްގެ އިޝްތިހާރީ ނުވަތަ މާކެޓިންގ ޙަރަކާތެއް ހިންގުން މަނާކުރެވިފައިވެއެވެ.

އޮތޯރިޓީން އިތުރަށް ބަޔާންކުރި ގޮތުގައި، ކަނޑައެޅިފައިވާ ޝަރުޠުތަކާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުގެ ހުއްދަ ބާޠިލުކުރުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ދޫކުރެވޭ ހުއްދަ އެހެން ފަރާތަކަށް ބަދަލުކުރުމާއި، އޮތޯރިޓީން ފާސްނުކުރާ ކާނާ ބެހުން މަނާކުރެވިފައިވެއެވެ.

ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ލިޔުމުން އިންޒާރު ދެވޭނެއެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ހުއްދަ ބާޠިލުކުރެވި، އެ މޫސުމުގެ ބާކީ އޮތް މުއްދަތުގައި ރޯދަވީއްލުމުގެ ޚިދުމަތް ދިނުން މަނާކުރެވޭނެއެވެ.

 

 

ޓެގް

ސަޢުދީޢަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.