ދުނިޔެ

ޣައްޒާއެއްކޮށް ހިޞާރުކުރުމަށް އިސްރާއިލުން ކަނޑައަޅައިފައިވާ ޕްލޭނާއި މެދު ޔޫރަޕްގެ ތިން ޤައުމަކުން ކަނބޮޑުވުން ފާޅުކޮށްފި

އިސްރާއިލުން ޣައްޒާ އަލުން ހިޞާރު ކުރުމަށް ހުށަހަޅާފައިވާ ޕްލޭނާ މެދު ފްރާންސް، އިޓަލީ އަދި ސްޕެއިން އިން މިއަދު ކަންބޮޑުވުން ފާޅުކޮށް، އެކަމުން ނުކުމެދާނެ ނުރައްކާތެރި ނަތީޖާއާއި މެދު އިންޒާރުދީފިއެވެ.

ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން ވިދާޅުވީ އިސްރާއިލްގެ މި ޕްލޭނަކީ "ކާރިސާއެއް" ކަމަށާއި، މިއީ "ދާއިމީ ހަނގުރާމައަކަށް" މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި ޣައްޒާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އދ ގެ މެންޑޭޓެއްގެ ދަށުން "ސްޓެބިލައިޒޭޝަން މިޝަނެއް" ގާއިމު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އިޓަލީގެ ޑިފެންސް މިނިސްޓަރ ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ އިސްރާއިލުގެ ސަރުކާރުން "އިންސާނިއްޔަތުކަމާއި ބުއްދި ގެއްލިފައިވާ" ކަމަށެވެ. އަދި އިސްރާއިލްގެ މައްޗަށް ދަޢުވާތައް އުފުލުމުގެ އިހްތިމާލު އޮތް ކަމަށް އިޝާރާތް ކުރެއްވިއެވެ. "މިއީ ހަމައެކަނި ހަނގުރާމައިގެ ގެއްލުންތަކެއް ނޫން، މިއީ އަޅުގަނޑުމެންގެ ސިވިލައިޒޭޝަންގެ އަސާސީ ގާނޫނުތަކާއި އަގުތައް އިންކާރު ކުރުން" ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރ ހޯސޭ މެނުއެލް އަލްބަރެސް ވިދާޅުވީ ސްޕެއިން އާއި ޔޫރަޕިއަން ޔޫނިއަން އިން ޣައްޒާ އާއި ހުޚޅަނގު އައްސޭރި އިސްރާއިލަށް ނެގުމަށް ކުރުމަށް ދުވަހަކުވެސް ބަލައި ނުގަންނާނެ ކަމަށެވެ. އަދި ދެ ދައުލަތުގެ ހައްލަކާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށާއި، އީޔޫ-އިޒްރޭލް ޕާޓްނަރޝިޕް އެގްރީމެންޓް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއިލުގެ ބަންޑާރަ ނައިބު ބެންޖަމިން ނެތަންޔާހޫ ހުށަހެޅުއްވި ޕްލޭނުގައި ޣައްޒާ މުޅިން އޮކިއުޕައި ކުރުމާއި، އުތުރުގެ ފަލަސްތީނުން ދެކުނަށް ބަދަލު ކުރުން ހިމެނެއެވެ. މި ޕްލޭން ތަންފީޒު ކޮށްފިނަމަ، މުޒާކަރާތަށް އަނބުރާ ދިއުމުގެ ދޮރު ބަންދުވެގެންދާނެ ކަމަށް މުރާގިބުން ވިދާޅުވެއެވެ. އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއިލުން އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކުގައި މިހާތަނަށް 61,430 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 153,000 އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ