އަރަބިދުނިޔެދުނިޔެ

ސީރިއާގެ ރައީސްއަށް އިތުބާރެއް ނުކުރަން: އިޒްރޭލުގެ ދިފާޢީ ވަޒީރު

ސީިރިއާގެ ރައީސް ޢަޙްމަދުއްޝަރްޢް

ސީރިއާގެ ރައީސް ޙްމަދުއްޝަރްޢަށް އިތުބާރު ނުކުރާކަމަށް އިޒްރޭލުގެ ދިފާޢީ ވަޒީރު ބުނެފިއެވެ.

ވޮޝިންގްޓަންގައި ބޭއްވުނު ބައްދަލުވުމެއްގައި އެމެރިކާގެ ސެނެޓަރ ޓެޑް ކްރޫޒްއާ ވާހަކަދައްކަމުން ކަޓްޒް ވަނީ އަޙްމަދުއްޝަރްޢަކީ ޖިހާދީ ގްރޫޕްތަކަށް އެހީވާ މީހެއް ކަމަށާއި، މުސްތަޤްބަލުގައި އެގްރޫޕްތައް އިޒްރޭލާ ދެކޮޅަށް ބޭނުންކުރާނެކަމަށް ތުހުމަތުކޮށްފައެވެ.

ސީރިއާގެ ސަރުކާރާ ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ބައްޕަ ޙާފިޒުލްއަސަދަށް ވެސް އެއްވެސް އިރެއްގައި އިތުބާރު ނުކުރާ ކަމަށާއި، މިހާރުގެ ރައީސް ޝަރްޢަކީ ވެސް އިޒްރޭލަށް އިތުބާރުކުރެވޭ މީހެއް ނޫން ކަމަށެވެ.

އޭނާ ތުހުމަތުކުރާ ގޮތުން ސީރިއާގެ ޑުރޫޒުން ފަދަ މައިނޯރިޓީ ކޮމިއުނިޓީތަކަށް ޙަމަލާ ދިނުމުގައި އަޙްމަދުއްޝަރްޢުގެ ބައިވެރިވުން އޮންނަ ކަމަށާއި، އެގޮތުން ސީރިއާ ސަރުކާރުގެ ސިފައިން ބޭނުންކުރުމުގެ ބަދަލުގައި ސީރިއާގައި އުޅޭ ހަތިޔާރު އެޅި އެހެން ގުރޫޕުތައް ބޭނުންކުރާ ކަމަށާއި ކުރިއަށް އޮތް ތާނގައި ގޯލަން ހައިޓްސްގައި ހުރި އިޒްރޭލުގެ އާބާދީތަކަށް ވެސް ޙަމަލަދޭނެއެވެ.

ގޯލަން ހައިޓްސްއަކީ ސީރިއާގެ ބައެއް ކަމަށް އިޒްރޭލާއި އެމެރިކާ ފިޔަވައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ސަރަޙައްދެކެވެ. ނަމަވެސް އިޒްރޭލުން ވަނީ 1967 އިން ފެށިގެން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އެސަރަޙައްދު އަތުލައިގަނެފައެވެ.

އިޒްރޭލުގެ ދިފާޢީ ވަޒީރު މިފަދައިން ވާހަކަދައްކާފައި މިވަނީ ސީރިޔާގެ ސުވެއިދާގައި ދުރޫޒުންނާއި ޢަރަބި ޤަބީލާތަކާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެންނެވެ. ހޮނިހިރު ދުވަހު ސީރިޔާގެ ސަރުކާރުން ވަނީ ސުވައިދާގައި ހިނގައިދިޔަ ހަމަނުޖެހުންތައް ހުއްޓާލިކަމަށް އިޢުލާނުކޮށްފައެވެ.

މިހަމަނުޖެހުމުގެ ތެރެއިން އިޒްރޭލުން ވަނީ ސީރިއާގެ ޢަސްކަރީ ޓާގެޓުތަކަށް ޙަމަލާދީފައެވެ. އިޒްރޭލުން ބުނި ގޮތުގައި އެއީ ޑުރޫޒުން ހިމާޔާތްކުރުމުގެ މަޤްޞަދުގައި ކޮށްފައިވާކަމެކެވެ. އެގޮތުން ސުވެއިދާގައި ހަމަނުޖެހުންތަން ފެށުމާއެކު ދުރޫޒުންގެ ރޫޙާނީ ލީޑާރެއް ކަމަށްވާ ޙިކްމަތު އަލް ޙިޖްރީ ވަނީ އިޒްރޭލުގެ އެހީއަށް އެދިފައެވެ. ނަމަވެސް ދުރޫޒުންގެ އިސްވެރިން ފަހުން ބުނެފައިވަނީ ބޭރުގެ އެއްވެސް ނުފޫޒެއް ބޭނުންނުވާ ކަމަށެވެ. އަދި ސީރިއާގެ ސަރަޙައްދީ ސަލާމަތާއި މިނިވަންކަމަށް ވަފާތެރިވާނެކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *