ދުނިޔެ އިސްރާއީލުގެ ޖަލުގައި ހުރި ފަލަސްޠީނުގެ ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވުވެއްޖެ

އިސްރާއީލުގެ ޖަލުގައި ހުރި ފަލަސްޠީނުގެ ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވުވެއްޖެ

Israelge Jaluga Huri Falastheenuge Kudakujjaku Covid 19 ah Positive Vejje

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުގެ ޖަލުގައި ހުރި ފަލަސްޠީނުގެ ކުޑަކުއްޖަކު ކޯވިޑް 19 އަށް ޕޮޒިޓިވުވެއްޖެއެވެ.

ފަލަސްޠީނުގެ ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް-ޕެލަސްޓައިނު (ޑީސީއައިޕީ) އިން ވިދާޅުވެފައިވާ ގޮތުގައި ޕޮޒިޓިވުވެފައިވަނީ ހުޅަނގު އައްސޭރީގެ ރާމަ ﷲ ގެ އަލްޖަޒަލޫން ރެފިއުޖީ ކޭމްޕަށް ނިސްބަތްވާ ކުއްޖެކެވެ. ފަލަސްޠީނުގެ ޙައްޤުތަކަށް މަސައްކަތް ކުރައްވާ ލޯޔަރެއްކަމުގައިވާ އިޔާދު މިސްކު ވިދާޅުވާ ގޮތުގައި އެކުއްޖާ ޕޮޒިޓިވު ވުމުގެ 2 ހަފުތާ ކުރިން ހައްޔަރުކުރެވިގެން ގެންދެވިފައިވަނީ ދެކުނު އިސްރާއީލުގެ ހުންނަ އަޝްކެލޯނުގެ ޝިކުމާ ޖަލަށެވެ.

މިހާތަނަށް މިސަރަޙައްދުން އިސްރާއީލުގެ 30 ގާޑުންނާއި، ފަލަސްޠީނުގެ 7 ޤައިދީން ޕޮޒިޓިވުވެފައިވެއެވެ.

މިދިޔަ ޖުލައިމަހުގެ ކުރީކޮޅު އިސްރާއީލުގެ ސުޕްރީމު ކޯޓުން ނިންމާފައިވާ ގޮތުގައި ޖަލުތަކުގައުި ތިބި ފަލަސްޠީނުގެ ޤައުދީންނަށް، ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ގައިދުރުކުރުމުގެ ޙައްޤުލިބިގެނެއް ނުވެއެވެ. ފަލަސްޠީނުގެ ޢަދާލާ ޖަމާޢަތުން އިސްރާއީލުގެ ގިލްބޫ ޖަލުގައި ތިބި 450 ފަލަސްޠީނުގެ ޤައިދީންނަށް ކޯވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިދިނުމަށް އެދި ހުށައެޅު ޕެޓިޝަނު ވަނީ އިސްރާއީލުގެ އިސްކޯޓުން ބަލައިނުގެންފައެވެ.

ކޯވިޑް 19ގެ ޢާލަމީ ވަބާ ތެރޭގައި ފަލަސްޠީނުގެ ޤައިދީންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް އިސްރާއީލުން ފޯރުކޮށްދީފައެއްނުވެއެވެ. އަދި ޖަލުތަކުގެ ކެންޓީނުތަކުން ބައެއް ކާބޯތަކެއްޗާއި، ބަލިން ރައްކާތެރިވުމަށް ސާފުވުމަށް ބޭނުންވާ ބައެއްކަހަލަ ތަކެތިވެސް ވަނީ ކެންޓީނުން ނަގާފައެވެ.

މިދިޔަ ޖޫން މަހާއި ހަމައަށް އިސްރާއީލުގެ ޢަސްކަރީ ޑިޓޭންޝަން ޖަލުތަކުގައި 160 ކުދިން ހައްޔަރުކޮށްފައި ތިއްބެވެ. މިދިޔަ އަހަރު އެކަނިވެސް، ހަމައެކަނި އިރުމަތީ ޤުދުސުން، އިސްރާއީލު ސިފައިންވަނީ ފަލަސްޠީނުގެ 700 ކުދިން ހައްޔަރުކޮށްފައެވެ.

ޓެގް

ދިއިސްލާމް ދީން ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.