ސަޢުދީ ޢަރަބިއްޔާއިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަހަރު ހައްޖާޖީންނަށް ބަންދުކުރެވިފައިވާ ޒަމްޒަމް ފެނާއި ހިލައާއި ދެއްވުމަށް ނިންމަވައިފިއެވެ.
މިއަހަރުގެ ކޯވިޑް 19 އިގެ ޢަލަމީ ވަބާއާއި ވިދިގެން، ސަޢުދީ ޢަރަބިއްޔާގެ ޙައްޖުގެ އަޅުކަމުގެ ބައެއް އުޞޫލުތަކަށް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. ޙައްޖުވެރިން ކިޔަމަންވާންޖެހޭ މިއުޞޫލުތައް ސަޢުދީ ސަރުކާރުންވަނީ މިހާރުވަނީ ޢާއްމު ކުރައްވާފައެވެ.
މިއުޞޫލުތަކުގައި ބަޔާންކުރެވިފައިވާ ގޮތުން މިއަހަރު މަސްޖިދުލް ހަރަމާއި މަސްޖުދުއް ނަބަވީގެ ފެން އިސްކުރުތަކުން ފެން ނުލިބޭނޭ ގޮތް ހެދުމަށްވަނީ ނިންމަވާފައެވެ. މީގެ ކުރިން ހަމަޖެހިފައިވާ ގޮތުން، މިދެ މިސްކިތުގައިވާ ފެން އިސްކުރުބަރި ތަކުގެ ކައިރީގައި ބެހެއްޓިފައިވާ ޕްލާސްޓިކް ތަށިތަކުން ޙައްޖާޖީންނަށް ފެން ބުއިމުގެ އުޞޫލުވަނީ ހަމަޖެހިފައެވެ.
މިއަހަރު ޙައްޖާޖީންނަށް ޒަމްޒަމް ފެން ފޯރުކޮށްދެއްވުމަށް ސަޢޫދީ ސަރުކާރުން ހަމަޖައްސަވާފައިވަނީ 330 އެމްއެލްގެ ފުޅިފުޅީގައެވެ.
ހަމަ މިފަދައިން، ކުރިއާއި ޚިލާފަށް، ޖަމްރާތަކަށް އުކާނޭ ހިލަވެސް، ސްޓެރިލައިޒް ކުރެވިފައިވާ ކޮތަޅުތަކުގައި، ހައްޖުވެރިންނަށް ފޯރުކޮށްދެއްވުމަށް މިއަހަރުވަނީ ހަމަޖެހިފައެވެ. ޙައްޖުގެ އަޅުކަމުގައި ޙާއްޖާޖީން ހިލަކޮޅުތައް ހޮވާނީ ޢަރަފާތުގެ މާތް ބިމުން، މިނާއަށް ދަތުރުކުރާ މަގުމަތީގައި، މުޒްދަލިފާގައި ރޭކުރާއިރުއެވެ. އެހެނަސް، މިއަހަރު، މިއުޞޫލަށް ބަދަލު ގެނެވިފައިވަނީ، ކޯވިޑް 19 އާއި އިދިކޮޅަށް އެޅޭ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައެވެ.
ސަޢުދީ ސަރުކާރުން ޚަބަރު ދެއްވާ ގޮތުގައި ޖަމްރާއަށް ހިލައުކުމަށްވެސް މިއަހަރުވަނީ ވަކި ވަޤުތުތަކެއް ކަނޑައެޅިފައެވެ. މިގޮތުން އެއްފަހަރާ ހިލަ އުކަން ތިބެވޭނީ 50 މީހުންނަށް ކަމާއި، ކޮންމެ ދެމީހެއްގެ ދޭތެރޭގައި 1.5 މީޓަރު ހުންނަންވާނޭ ކަމަށްވެސް ސަޢުދީ ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި ހަމަ މިއާއިއެކު، ގެފުޅުގައިވެސް، އަދި ހަޖަރުލް އަސްވަދުގައިވެސް އަތްލުން މިއަހަރު މަނާކަމަށާއި، ޠަވާފުގެ އަޅުކަމުގައިވެސް، ކޮންމެ ދެ ޙާޖީއެއް ދޭތެރޭ 1.5 މީޓަރު ހުންނަން ވާނޭ ކަމަށްވެސް ސަޢޫދީ ސަރުކާރުން ވިދާޅުވެފައިވެއެވެ.
ކޯވިޑް 19 އާއި ވިދިގެން ސަޢޫދީ ޢަރަބިޢްޔާގެ ޙައްޖު މިނިސްޓްރީން މިއަހަރުވަނީ ސަޢުދީ ޢަރަބިއްޔާގެ ދައުލަތުގެ ތެރޭގައި ތިބި، އެކި ޤައުމުތަކުގެ ޙައްޖާޖީންނާއި އެކު، ޙައްޖުގެ އަޅުކަން ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ. މިގޮތުން އެބޭފުޅުންވަނީ މިއަހަރު 10000 މީހުންނަށްވުރެ އިތުރަށް ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުޞަތު ނުދެއްވުމަށް ނިންމަވާފައެވެ. މި 10000 ޙައްޖާޖީންގެ ތެރެއިން 70% އަކީ ސަޢޫދީ ނޫން އެހެން ބޭރު ޤައުމުތަކަށް ނިސްބަތްވާ ރައްޔިތުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...