ދުނިޔެ ޢަރަބީންގެ ތެރޭގައި ހުރި، އިސްރާއީލާއި އިދިކޮޅު އެއްމެ ފަހު ލީޑަރަކީ މުރްސީ: ނަތަންޔާހޫގެ އަޢުވާން

ޢަރަބީންގެ ތެރޭގައި ހުރި، އިސްރާއީލާއި އިދިކޮޅު އެއްމެ ފަހު ލީޑަރަކީ މުރްސީ: ނަތަންޔާހޫގެ އަޢުވާން

Arabinge Thereyga Huri Israelaai Idhikolhu Ehem Fahuge Leaderaky Mursi: Netanyahuge Auwaanu

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޞައްދާމް ޙުސައިންނަށް ފަހު ޢަރަބީންގެ ތެރޭގައިހުރި އެއްމެ ފަހު އިސްރާއީލާއި އިދިކޮޅު ލީޑަރަކީ މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މުރްސީކަމަށް ނަތަންޔާހޫގެ އަޢުވާނެއްކަމަށްވާ އެޑީ ކޯހަން ބުނެފިއެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫގެ އަރިސް އަޢުވާނެއްކަމަށްވާ އެޑީ ކޯހަން ބުނެފައިވާ ގޮތުގައި ރައީސް މުޙައްމަދު މުރްސީ ވެރިކަމުގައި ދެމިހުރިނަމަ އެކަންވެގެން ދިޔައީހީ އިސްރާއީލަށް ކުރިމަތިވި ކާރިޘާއަކަށެވެ.

"ޢަސްކަރީ ބާރުގެ ބޭނުންކޮށްގެން އައްސީސީ، މުރްސީ ބޭރުނުކުރިނަމަ މުރްސީ ވީހީ އިސްރާއީލަށް ކުރިމަތިވި ކާރިޘާއަކަށް:." އޭނާ، އޭނާގެ ރަސްމީ ޓްވިޓަރގައި ބުނެފައިވެއެވެ. "އަހަރެން ވާނީ މީގެ ކުރިންވެސް މިހެން ބުނެފައި. މުރްސީއަކީ އިސްރާއީލުގެ ޤައުމީ ސަލާމަތަށް ހުރި ބިރެއް، އޭނާއަކީ ޞައްދާމަށްފަހު ޢަރަބީންގެ ތެރޭގައި ހުރި ހަމައެކަނި އިދިކޮޅު ލީޑަރު." އޭނާ އިތުރަށް ބުނެފައިވެއެވެ.

މިއަށް ރައްދު ދެއްވަމުން ރައީސް މުޙައްމަދު މުރްސީގެ ސަރުކާރުގެ ޢުޟުވެއްކަމަށްވާ އަހްމަދު ޢަބްދުލްޢަޒީޒް ވިދާޅުވެފައިވެއެވެ. "އެޑީ ކޯހަނެވެ. ނޫނެކެވެ. މުރްސީއަކީ ޢަރަބީންގެ ތެރެޭގައި ހުރި އެއްމެ ފަހުގެ އިދިކޮޅު ލީޑަރެއްނޫނެވެ. މާދަމާވެސް، ނުވަތަ އޭގެ އަނެއް ދުވަހުވެސް އެފަދަ ބޭބޭފުޅުން ނިކުންނަވާނެއެވެ. އަދި (އިސްރާއީލުގެ) އިސްތިޢުމާރަށް ނިމުމެއް ގެންނަވާނެއެވެ. މިއީ ޙަޤީޤަތެކެވެ. ދެކޭ ހުވަފެނެއްނޫނެވެ."

ޢަރަބި ލީޑަރުންގެ ތެރެއިން ރައީސް މުރްސީއަކީ ފަލަސްޠީނުގެ އަދި ޚާއްޞަކޮށް ޣައްޒާގެ އެކުވެރިއެވެ. މިޞްރުގެ ތާރީޚުގައިވެސް ފަލަސްޠީނާއި އެއްކޮޅަށް، އަދި އިސްރާއީލާއި ދެކޮޅަށް އެއްމެ އަޑުއުފުއްލަވާފައިވާ ލީޑަރަކީ ރައީސް މުޙައްމަދު މުރްސީއެވެ. މުރްސީގެ ދައުރުގައި މިޞްރާއި  ފަލަސްޠިނާއި ދެމެދު އޮތް ގުޅުން ވަރުގަދަވެ، ވިޔަފާރީގެ މުއާމަލާތްތައް ތަރައްޤީވެފައިވެއެވެ، ގައްޒގެ ރައްޔިތުން އެކަމަށް ބޭޏުންވި ހިނދު މިޞްރުގެ އެތައް ޑޮކްޓަރުންނެއް، ސަރަހައްދީ ރޮނގު ހުރަސްކުރައްވާ، ޣައްޒާއަށް ވަޑައިގެންފައިވެއެވެ. މިހެންކަމުން 2013 ވަނަ އަހަރު މިޞްރުގައި ހިނގި އިންޤިލާބާއި ވިދިގެން މުރްސީއާއި އެއްކޮޅަށް ޣައްޒާގައިވަނީ މުޒާހަރާތައް ކުރެވިފައެވެ. އަދި، މުރްސީ އަވަހާރަވުމާއި ގުޅިގެން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންވަނީ އެބައިމީހުންގެ ލީޑަރެއް އަވަހާރަވީ ފަދައިން ހިތާމަފާޅު ކުރައްވާފައެވެ.

ޓެގް

ދިއިސްލާމް މިސްރު އަރަބި ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.