އިސްލާމްދީން ދައްކުވައިދެނީ އަޚުވަންތަކަމާއި އިންސާނުންގެ ކުލައަށް ބެލުމެއް ނެތްކަމަށް މެލްކަމް އެކްސް ވިދާޅުވެފައިވެއެވެ.
މެލްކަމް އެކްސް މިހެން ވިދާޅުވެފައިވަނީ ހައްޖުގެ އަޅުކަން ނިންމެވުމަށްފަހު ލިޔުއްވި ސިޓީ އެއްގައެވެ.
އަދި ވިދާޅުވިއެވެ. ހައްޖުގެ އަޅުކަން އަދާކުރިއިރު އެތާގައި ހާހަކަށް ވުރެ ގިނަ މީހުން ތިއްބެވެ. ނަމަވެސް ކުލައަކަށް ވެސް އަދި ސިފައަކަށް ވެސް ބެލުމެއް ނެތި އެންމެން ވެސް އަޅުކަން ފުރިހަމަ ކުރަމުން ގެންދިޔައެވެ. މީގެ އިތުރުން ކެއުމަށްޓަކައި އެއް ސުފުރާ މައްޗަށް ދެ ނަސްލުގެ މީހުން ވަނީ އިންސާފު ކޮށްފައެވެ. އަދި އަޅުކަން ކުރަނީ ވެސް އެއް އިލާހަކަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުމުން ނަސްލީ އިމްތިޔާޒު ވަނީ ނެތިގެން ގޮސްފައެވެ. މެލްކަމް އެކްސް އިސްލާމް ވެފައިވަނީ 1957 ވަނަ އަހަރުއެވެ.
އަދި ހަމަ އެހެންމެ އެމެރިކާގެ މީހުންނަށް އިސްލާމްދީނަކީ ކޮބައިކަން އެނގެން ޖެހޭނެ ކަމަށާއި އެއިރުން ނަސްލީ ތަފާތުކުރުންތަށް ނެތިގެން ހިނގައިދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މެލްކަމް އެކްސް އަވަހާރަވެފައިވަނީ 1965 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...