އަރަބިދުނިޔެދުނިޔެ

ހޯމަ ދުވަހުން ފެށިގެން މާލެ ނޫން ރަށްރަށުގައި ޖަމާޢަތުގެ ނަމާދު ފެށޭނެ: އިސްލާމިކް މިނިސްޓްރީ

Hoama Dhuvahun Feshigen Male' Nun Rahrashuga Jamaathuga Namadhu Fesheyne Islamic Ministry

މިފެށޭ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާޢާތުގެ ނަމާދު ފެށޭނެކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިހާރު ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި މާލެ ފިޔަވާ މިހާތަނަށް ޖަމާޢަތް ފެށުމަށް ހުއްދަ ނުދެއްވާ އޮތް ދެ ރަށަކީ ށ.ނަރުދޫއާއި ނ.މަނަދޫއެވެ. މިދެ ރަށުގައި ޖަމާޢަތް ފެށުމުގެ ހުއްދަ ނުދެއްވާ އޮތީ މޮނިޓަރިންގް އަށް ލެވުނުތާ 14 ދުވަސް ހަމަނުވާތީ ކަމަށާއި، މިހޮނިހިރު ދުވަހު މޮނިޓަރިންގެ މުއްދަތު ނިމި ށ.ނަރުދޫގައި ޖަމާޢަތް ފެށޭއިރު، ޖެހިގެން އަންނަ ހޯމަ ދުވަހު ނ.މަނަދޫގައި ޖަމާޢަތުގައި ނަމާދުކުރަށް ފެށޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އެހެންކަމުން މިހާރު ލޮކްޑައުންގައި މިއޮތް މާލެ ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް ޖަމާޢަތުގެ ނަމާދު ކުރަން ފަށާނެ 15 އިން ފެށިގެން. އަލުން އެރަށްރަށް މޮނިޓަރިންގަށް ނުލާ ނަމަ މިގޮތަށް މިކަން ކުރިއަށް ދާނެ." އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ކަމުގައިވާ އިސްމާޢިލް އަފްރާޙް ވިދާޅުވެފައިވެއެވެ.

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާލެއާއި މޮނިޓަރިންގެ ޙާލަތުގައިވާ އިތުރު 7 ރަށެއް ފިޔަވާ އެހެން ރަށްރަށުގައި ޖަމާޢާތުގެ ނަމާދުކުރުމަށް ވަނީ ހުއްދަ ދެވިފައެވެ. އަދި މާލޭގެ މިސްކިތްތައްވެސް މިޖުލައި މަހު ހުޅުވުމަށްވަނީ ރޭވިފައެވެ.

މިހާތަނަށް ހުޅުވާލެވިފައިވާ މިސްކިތްތަކުގައިވެސް ޢަމަލު ކުރާނެ ގޮތްވަނީ އިސްލާމިކް މިނިސްޓްރީން ޢާއްމު ކުރައްވާފައެވެ. މިގޮތުން މުޞައްލަ ހިފައިގެން މިސްކިތަށް ދިޔުމާއި، ގެއިން ވުޟޫކޮށްގެން ދިޔުމާއި، ޢުމުރުން ދުވަސްވީ، އަދި ރޯގާގެ އަސަރު ހުރި ފަރާތްތަކުން މިސްކިތަށް ނުދިޔުމަށްވެސް އަންގަވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *