ދުނިޔެ އިސްރާއީލް ފުލުހުން އަވަހާރަކޮށްލި ފަލަސްޠީނުގެ ޒުވާނާގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވެއްޖެ

އިސްރާއީލް ފުލުހުން އަވަހާރަކޮށްލި ފަލަސްޠީނުގެ ޒުވާނާގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވެއްޖެ

Israelge Fuluhun Avahaara Kolli Falastheenuge Zuvaanaage Janaazaaga Ethah Bayaku Baiveri Vejje

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުގެ ފުލުހުން އަވަހާރަކޮށްލާފައިވާ ފަލަސްޠީނުގެ ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނެއްކަމަށްވާ އިޔާދު އަލްޙައްލާޤުގެ ޖަނާޒާގައި އެތައް ސަތޭކަ ފަލަސްޠިނުގެ ރައްޔިތުން ބައިވެރިވެއްޖެއެވެ.

އިސްރާއީލުގެ ފުލުހުން އުމުރުން 32 އަހަރުގެ އަލްޙައްލާޤު އަވަހާރަކޮށްލާފައިވަނީ އޭނާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ސްކޫލަކަށް ކިޔަވަން ދިޔަ މަގުމަތީގައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު އަލްޙައްލާޤުގެ ޖަނާޒާގައި، ޤުދުސްގެ ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއްވަނީ ބައިވެރިވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން އަޤްޞާ މިސްކިތް ހުޅުވާލެވިފައިވީ ނަމަވެސް، އިސްރާއީލު ސިފައިން އަލްއަޤްޞާ މިސްކިތުގައި އޭނާގެ ޖަނާޒާ ބޭއްވުން ވަނީ މަނާ ކޮށްފައެވެ. މިހެންކަމުން، އަލްޙައްލާޤު ވަޅުލުމަށް ޞަލާޙުއްދީން މަގުން މުޖާހިދުންގެ ޤަބުރުސްތާނަށް އޭނާގެ ހަށިގަނޑު ގެންދެވުނު ހިނދު ތަކްބީރުގެ އަޑު މުޅި މަގު ގުގުމާލާފައިވެއެވެ. ޖަނާޒާގައި ބައިވެރިވި ބައެއް މީހުން "އޭ ޝަހީދެވެ. އަމާންކަމާއި އެކު އަރާމު ކުރާށެވެ. ތިމަންމެން މިޖިހާދު ކުރިއަށް ގެންދާނަމެވެ." މިފަދައިން ގޮވަމުން ދިޔައެވެ. އަދި "އަހަރެމެންގެ ފުރާނައާއި ލެއިން ތިބާގެ ޙައްޤު ހޯދާދޭނެ ކަމަށާއި، އަލްއަޤްޞާއަށް ވަނުމުގެ މަގުގައި އެތައް މިލިޔަން ޝަހީދުންނެއް ޤުރުބާން ކުރާނެކަމަށްވެސް ޖަނާޒާގައި ބައިވެރިވި ފަލަސްޠިނުގެ ރައްޔިތުން ގޮވަމުން ދިޔައެވެ.

އަލްޙައްލާޤާއި އެކު ދިޔަ އޭނާގެ އެހީތެރިޔާ ބުނާ ގޮތުގައި ހަތިޔާރެއް އޮތްކަމުގެ ޝައްކުގައި އަލްޙައްލާޤަށް ޙަމަލާދޭން ފެށުމުން، އޭނާ ޢަލްޙައްލާޤަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްކަން ފުލުހުން ގާތު ބުނެފައިވެއެވެ. އެހެނަސް ފުލުހުން އޭނާގެ ބަސް އަޑު ނާހާ އަލްޙައްލާޤުގެ ގަޔަށް ބަޑިޖަހަމުން ގެންދިޔައެވެ. އަލްޙައްލާޤު އަވަހާރަކޮށްލާފައި އޮއްވާ ފެނިފައިވަނީ ބެދިފައިވާ މަގެއްގެ ކުނިއުކާލާ ބޮޑު ޑަސްބިނެއްގެ ފަހަތުންކަމަށް ޚަބަރު ލިބެއެވެ. "ހަތިޔާރެއް" ކަމަށް ޝައްކު ކުރެވިފައިވަނީ އަލްޙައްލާޤުގެ އަތުގައި އޮތް ފޯނަށެވެ. އަލްޙައްލާޤުގެ ޢާއިލާއިން ބުނާ ގޮތުގައި އޭނާ މަރާލުމުގައި ބައިވެރިވި އިސްރާއީލުގެ ފުލުހުންނާއިމެދު ފިޔަވަޅު އެޅޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

ޓެގް

ދިއިސްލާމް އަރަބި ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.