އަރަބިދުނިޔެ މިއަދު އިޒްރޭލުގެ ސިފައިން ދިން ހަމަލައެއްގައި 2 އަންހެނުންނާއި 7 ކުޑަކުދިން ޒަހަމްވެއްޖެ

މިއަދު އިޒްރޭލުގެ ސިފައިން ދިން ހަމަލައެއްގައި 2 އަންހެނުންނާއި 7 ކުޑަކުދިން ޒަހަމްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

ފަލަސްޠީނަށް އެންމެ ފަހުން ދެވުނު ހަމަލާގައި 2 އަންހެނަކަށާއި، 7 ކުޑަކުއްޖަކަށް ހާނިއްކަ ވެފައި ވާކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.  މަންޒަރު ދުށް ފަރާތްތަކުން ހާމަކުރާ ގޮތުގައި ހަމަލާ އަމާޒުވެފައިވަނީ ޢައްޒާގެ އުތުރާއި މެދުތެރޭގައިވާ ފުލުހުންގެ މަރުކަޒަކަށާއި ތަމްރީނު ދޭމަރުކަޒަކަށެވެ. އަދި އެއްވެފައިތިބި ފަލަސްޔީނުގެ ރައްޔިތުންނަށާއި، ޓައުން ކައުންސިލަށް ނިސްބަތްވާ އިމާރާތަކަށާއި،  މެޓަލް ވޯކްށޮޕަކަށާއި،، އަދި ހުސްބިމަކަށްވެސް ހަމަލާ އަމާޒުވެފައިވާ ކަމަށްވެސް މަންޒަރުދުށް މީހުން ހާމަކުރެއެވެ.

ފަލަސްޠީނުގެ ޢައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސުން މީގެ ކުރިން  ވަނީ އިޒްރޭލުން ހަމަލާ ބަދަލު ކުރަން ހުއްޓާލައިފިނަމަ، ހަމާސުންވެސް ހަމަލާ ދިނުން ހުއްޓާލާނެކަމަށް ބުނެފައެވެ. ނަމަވެސް ފަލަސްޠީނަށް ދެވޭ އެކި އެކި ހަމަލާތައް ގިނަވުމުގެ ނަތީޖާ ފެނިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ހަމާސްގެ ހަތިޔާރު އެޅިގޮފިން ފޮނުވާލި ހަމަލާތަކުންނެވެ.

"ޣައްޒާގައި އަހަރަމެންގެ ރައްޔިތުންނަށް ދަތިކޮށް ގޯނާކޮށް އަނިޔާވެރި ވަނީނަމަ، ބަދަލުގައި ދުޝްމަނުން ދައްކަން ޖެހޭ އަގު ވަރަށް ބޮޑުވާނެ" އަސްކަރީގޮފިން ނެރުނު ބަޔާނުގައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ދިން ހަމަލައެއްގައި ޒަހަމްވެފައިވާ ކުއްޖެއް

މައުލޫމާތު: ޤައްސާމް ވެބްސައިޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.