ދުނިޔެ ޙައިވާނުންނަށް އޯގާތެރިވުމަކީ ހެޔޮވެގެންވާ ޢަމަލެއް: މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާ

ޙައިވާނުންނަށް އޯގާތެރިވުމަކީ ހެޔޮވެގެންވާ ޢަމަލެއް: މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާ

Haivaanunnah Oagatherivumaky Heyovegenva Amaleh: Majma'ul Buhoothil Islamiyya

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައިވާނުންނަށް އޯގާތެރިވުމަކީ ހެޔޮވެގެންވާ ޢަމަލެއްކަމަށް މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާއިން ވިދާޅުވެއްޖެއެވެ.

އަލްއަޒްހަރުގެ މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާގެ އަމީން ޢާއްމު ފަޟީލަތުއްޝައިޚު ދުކްތޫރު ނަޡީރު ޢިޔާދު މިހެން ވިދާޅުވެފައިވަނީ މަޖްމަޢުން ސޯޝަލް މީޑިޔާ މެދުވެރިކޮށް ކުރިއަށް ގެންދާ "ބިއަޚްލާޤިނާ ނަރްތަޤީ" (އަހަރެމެން ކުރިއަރާނީ އަހަރެމެންގެ އަޚްލާޤުންނެވެ) މި ސިލްސިލާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުކްތޫރު "ޙައިވާނުންނަށް އޯގާތެރިވުން" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ޙައިވާނުންނަށް އޯގާތެރިވުމަކީ އިސްލާމްދީނުގައި ހެޔޮވެގެންވާ ޢަމަލެކެވެ. އަދި ﷲ ތަޢާލާވަނީ ހުރިހާ އެއްޗަކަށް އިޙްސާންތެރިވުމަށް އަންގަވާފައެވެ.އަދި ހަމަ އެއާއިއެކު މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްވަނީ ޙައިވާނުންނަށް މަޑުމާތްތިރިކަމާއި އޯގާތެރިކޮށް ކަންތައްތައް ކުރައްވާފައި ކަމަށާއި، އޭގެ އެއްމެ އަލިގަދަ މިޘާލަކީ މަގު ހުރަސްކޮށް މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާއި ހަމައަށް އައިސް އެކަލޭގެފާނުގެ ކަންފަތްޕުޅު ގާތު ލޮލުން ކަރުނަ އޮހޭ ޙާލު ޝަކުވާ ދެންނެވި ޖަމަލުގެ ވާހަކަ ކަމަށްވެސް ދުކްތޫރު ވިދާޅުވެފައިވެއެވެ.

ދުކްތޫރު އިތުރަށް ވިދާޅުވި ގޮތުގައި ﷲ ތަޢާލާ ވަނީ ހުރިހާ އެއްޗެއްގެ މައްޗަށް އިޙްސާންތެރިކަން ލިޔުއްވާފައެވެ. އަދި އެއީ މުސްލިމުންނަށް އަމުރު ކުރެއްވިގެންވާ ކަންކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ކަމަށެވެ. އަދި މުސްލިމުން ހައިވާނުންނާއި މުޢާމަލާތް ކުރަންޖެހޭނީ އެއީ އިންސާނާގެ ބައެއް ޙާޖަތްތައް ފުއްދަވާދެއްވުމަށް ލައްވަވާފައިވާ މަޚްލޫޤެއް ގޮތަށްކަމަށްވެސް ޝައިޚު ވިދާޅުވެފައިވެއެވެ.

ޓެގް

މަޖްމަޢުލް ބުޙޫޘިލް އިސްލާމިއްޔާ އަޒްހަރު ދިއިސްލާމް ދީން މިސްރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.