ދުނިޔެ މަސްޖިދުލް ޙަރާމްގައި ސްޓެރިލައިޒޭޝަން ގޭޓުތަކެއް ބަހައްޓައިފި

މަސްޖިދުލް ޙަރާމްގައި ސްޓެރިލައިޒޭޝަން ގޭޓުތަކެއް ބަހައްޓައިފި

މަސްޖިދުލް ޙަރާމްގައި ސްޓެރިލައިޒޭޝަން ގޭޓުތަކެއް ބަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާގެ މަސްޖިދުލް ޙަރާމްގައި ސްޓެރިލައިޒޭޝަން ގޭޓުތަކެއް ބަހައްޓައިފިއެވެ.

މަސްޖިދުލް ޙަރާމްގައި ސްޓެރިލައިޒޭޝަން ގޭޓުތަކެއް ބެހެއްޓުނުކަން އިއްލާންކުރައްވަމުން މިއަދު ދެ ޙަރަމުގެ ކަންތައްތަކާއިބެހޭ މަޖްލިހުގެ ރިއާސަތުން ކުރައްވާފައިވާ އިއުލާނުގައިވާ ގޮތުން މިއީ ސަޢޫދީ ޢަރަބިއްޔާގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޯވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

މިސްކިތްތަކުގެ ދޮރާށިތަކުގައި ހަރުކުރެވިފައިވާ މިސްޓެރިލައިޒޭޝަން ގޭޓުތަކަށް 6 މީޓަރު ދުރުން މިސްކިތްތަކަށް ވަންނަ ފަރާތްތަކުގެ ހުން ބެލުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މިގޮތުން ތާރމަލް ކެމެރާތަކުގެ އެހީގައި ސިކުންތެއްގެ ތެރޭގައި އެއްފަހަރާއި 6 ވަރަކަށް މީހުންގެ ހުންބެލުމަށްފަހު ސްމާރޓް ސްކްރީނަކަށް އޭގެ ނަތީޖާ އަރުވައެވެ. އަދި މީގެ މިގޭޓުތަކުން އިތުރުން މިސްކިތަށްވަންނަ އެންމެން ސެޓްެރިލައިޒް ކުރުމަށްޓަކައި އެމީހުންގެ ގަޔަށް އެންޓި ސެޕްޓިކް ޑިސްއިންފެކްޓަންޓު ސްޕްރޭ ކުރެއެވެ. އަދި ރައްކާތެރިކަން ހިފެހެއްޓުމުގެ ގޮތުން ވަކި ވަގުތުތަކެއްގައި މިގޭޓުތައް ދިސްއިންފެންކްޓު ކުރެވެއެވެ.

ކޮރޯނާގެ ސަބަބުން މީގެ ކުރިންވެސް ވަނީ މިފަދަ ސަލާމަތީ ފިޔަވަޅުތަކެއް އެޅިފައެވެ. މިގޮތުން މިދުވަސްކޮޅު ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން މިސްކިތް ވަނީ އާއްމުންނަށް ބަންދުކުރެވިފައެވެ. އަދި މިސްކިތުގެ މުވައްޡަފުންގެ ބޭނުމަށް މިސްކިތުން ވަދެ ނިކުމަށް 6 ދޮރުކޮޅެއް ޚާއްޞަކުރެވިފައެވެ.

މިއަދާއި ހަމައަށް ސަޢޫދީ ޢަރަބިއްޔާގެ 33731 މީހުންނަށް ކޯވިޑް 19 ޖެހިފައިވާ އިރު މައްކާގެ 254 މީހުންނަށް ޖެހިފައިވެއެވެ. އަދި މިވައިރަހުގައި ސަޢޫދީ ޢަރަބިއްޔާގެ 219 ފަރާތެއްވަނީ ނިޔާވެފައެވެ.

ޓެގް

ސަޢޫދީ ޢަރަބިއްޔާ އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.