ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި އެތައް އަހަރު ދުވަހެއްގެ މަސައްކަތުން އެއްކުރި ފައިސާ ކޮރޯނާ ވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް އިންޑިޔާގެ މުސްލިމު ދެމަފިރިއަކު ހަދިޔާކޮށްފިއެވެ.
އަންނަ އަހަރުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާން ތައްޔާރުވެގެން ތިބި އުމުރުން 55 އަހަރުގެ ޢަބްދުއްރަޙުމާނު އާއި އޭނާގެ އަންހެނުން އެއްކޮށްފައި ހުރި ފައިސާ ހަދިޔާ ކުރީ އެމީހުން އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރެ، އޭގެން ކޮރޯނާ ޖެހިފައި ތިބި މީހުންނަށް އެހީނުވައްޖެ ނަމަ އެ ފައިސާގައި ބަރަކާތް ނުލައްވައިފާނެ ކަމުގެ ބިރަށެވެ.
"އެހެން މުސްލިމުން ފަދައިން އަހަރެންގެ މައިންބަފައިންވެސް ޙައްޖަށް ދިއުމުގެ އުއްމީދުގައި އެތައް އަހަރެއް މަސައްކަތްކޮށް ޙައްޖަށް ދެވޭ ވަރަށް ވަނީ ފައިސާ އެއްކޮށްފައި. ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން އަވަށްޓެރިންނާއި ވަށައިގެންވާ އެންމެން ފުރަބަންދުގެ ސަބަބުން ހާލުގައި އުޅެމުން ދާއިރު ބައްޕަ އަތުގައި އެ ފައިސާ ބަހައްޓައިފިނަމަ އޭގެ ސަބަބުން ބައްޕައަަށް ގެއްލުމެއް ލިބިދާނެ ކަމަށް ހީވުމާއެކު އެ ފައިސާ އިން ބޭނުން ޖެހިފައި ތިބި މީހުންނަށް ކާންދިނުމަށް ބޭނުން ކުރަން ބައްޕަ ނިންމި." ފޭސްބުކްގައި ވައިރަލް ވަމުން ދިޔަ ޕޯސްޓްގައި ޢަބްދުއްރަޙުމާނުގެ ދަރިފުޅު އިލްޔާސް ލިޔެފައިވެއެވެ.
އެއްކޮށްފައި ހުރި ފައިސާގެ އަދަދު ހާމަ ނުކުރި ކަމުގައި ވިއަސް މިހާތަނަށް 25 އާއިލާއަކަށް ޢަބްދުއްރަޙުމާނު ވަނީ ކާބޯތަކެތި އޭނާ ދިރިއުޅޭ ސަރަހައްދުގެ މީހުންނަށް ހަދިޔާކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...