ދުނިޔެ ޖަނަވާރުންގެ ޙައްޤަށް ގޮވާލާ އެމެރިކާގެ ޖަމިއްޔާއަކަށް ފިޠުރު ޢީދާއި އަޟްހާ ޢީދު އޮޅިއްޖެ

ޖަނަވާރުންގެ ޙައްޤަށް ގޮވާލާ އެމެރިކާގެ ޖަމިއްޔާއަކަށް ފިޠުރު ޢީދާއި އަޟްހާ ޢީދު އޮޅިއްޖެ

ޖަނަވާރުންގެ ޙައްޤަށް ގޮވާލާ އެމެރިކާގެ ޖަމިއްޔާއަކަށް ފިޠުރު ޢީދާއި އަޟްހާ ޢީދު އޮޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގައި ޖަނަވާރުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމުގައިވާ ޕީޕަލް ފޮރ ދަ އެތިކަލް ޓްރީމަންޓް އޮފް އެނިމަލްސް (ޕެޓާ) އަށް ފިޠުރު ޢީދާއި އަޟްހާ ޢީދު އޮޅިއްޖެއެވެ.

މިދިޔަ ހަފްތާގައި މުސްލިމުން ފާހަގަކުރި ފިޠުރު ޢީދާއި ދިމާކޮށް ބުރާސްފަތި ދުވަހު ޕެޓާއިން ޓުވިޓަރގައި އާއްމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މުސްލިމުންގެ ޢީދު ފާހަގަކުރަން ޖަނަވާރުން މަރުވާން ނުޖެހޭ ކަމަށާއި މިއީ ހިތްފަޅައިގެންދާވަރުގެ ކަމެއް ކަމަށެވެ. ކަތިލާފައިވާ ބަކަރިއަކާއި ދިރޭ ބަކަރިއެއް އަރުވައިގެންދާ ޓްރަަކެއްގެ ވީޑިއޯއާއެކު އިތުރަށް ބުނެފައިވަނީ ޖަނަވާރުންނަށްދޭ އަނިޔާތައް މަދުކުރުމަށް "ވެގަން" ޗުއްޓީއެއް ޚިޔާރުކުރުމަށެވެ.

ރަމަޟާން މަހުގެ އަޅުކަމަށް ފަހުގައި މުސްލިމުން ފާހަގަކުރަނީ ފިޠުރު ޢީދެވެ. ޢުޟްހިޔާގެ ގޮތުގައި ނަޢަމްސޫފީގެ ބާވަތްތައް ކަތިލާ ޤުރުބާންކުރަނީ ޙައްޖުގެ މަތިވެރި އަޅުކަމަށްފަހުގައި އަންނަ އަޟްހާ ޢީދުގައެވެ. މިހަޤީގަތް އޮޅުވާލާ މުސްލިމުންނާމެދު ނަފްރަތު އުފެދޭ ގޮތަށް ޓުވީޓު ކުރުމުން ގިނަ ބަޔަކު އަންނަނީ ޕެޓާގެ ޓުވީޓަށް ރައްދު ދެމުންނެވެ.

މުސްލިމުންނާއި މިސްކިތްތަކާއި ދެކޮޅަށް ހަމަލާދިނުން އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ޕެޓާއިން ކުރި ޓުވީޓު ނެގުމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.