ދުނިޔެ

ފަލަކީ ހިސާބު ދައްކާގޮތުން ގިނަ އިސްލާމީ ޤައުމުތަކަށް ޢީދުވަނީ ހުކުރުދުވަހު

ފަލަކީ ހިސާބު ދައްކާގޮތުން މިއަހަރުގެ ފިޠުރު ޢީދު އިސްލާމީ ގިނަ ޤައުމުތަކަށްވަނީ ޖޫންމަހުގެ 15 ވާ ހުކުރު ދުވަހުކަމުގައި އިންޓަރނޭޝަނަލް އެސްޓްރޮނޯމިކް ސެންޓަރުން ބުނެފިއެވެ.

އެސެންޓަރާއި ހަވާލާދީ އަލްޖަޒީރާއިން ހާމަކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއާ، އަލްޖީރިއާ، ކުވައިތު، މިޞްރު، ޤަތަރު އަދި ލީބިޔާއަށް ޝައްވާލުމަހުގެ ހަނދު ފެންނާނީ ހުކުރު ވިލޭރެއެވެ. އެގޮތުން އެސެންޓަރުން ބުނެފައިވަނީ ހުކުރުވިލޭރޭ އިސްލާމި ޤައުމުތަކަށް ހަމަލޮލަށް ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ހަނދު ފެންނަން ހުންނާނެ ކަމަށެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި މޮރޮކޯގެ ވެރިރަށް ރަބާތުއަށް ބުރާސްފަތި ދުވަހުގެ އިރުއޮއްސުމަށްފަހުގައި 49 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެއެވެ.  ސޯމާލިއާގެ މޮގަދިޝޫއާއި ލުބްނާންގެ ޓްރިޕޯލީއާއި އަލްޖީރިއާއަށް އިރުއޮއްސުމަށްފަހު 46 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެއެވެ. މީގެ އިތުރުން ސައުދީ އަރަބިޔާގެ ރިޔާޟްއާއި އުރުދުންގެ އައްމާންއާއި ފަލަސްތީނުގެ ޤުދުޞްއަށް އިރުއޮއްސުމަށްފަހު 42 މިނެޓް ހަނދު ފެނުންމަތީގައި ހުންނާނެއެވެ.  އިރާޤްގެ ބަޤްދާދާއި ކުވެއިތާއި މަސްކަޓްއަށް އިރު އޮއްސުމަށްފަހު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ލަފާކުރެވެނީ 40 މިނެޓް ވަންދެންނެވެ.

ހަމަލޮލަށް ހަނދު ފެންނާނެ ކަމަށް ލަފާކުރެވެނީ އެފްރިކާ ސަރަހައްދާއި ސައުދީގެ ހުޅަނގު ދެކުނު ސަރަހައްދު ތަކުގެ އިތުރުން ސްޕެއިންގެ ދެކުނުގެ ސަރަހައްދު ތަކަށެވެ. އަދި ހަމަ އެދުވަހު ޓެލެސްކޯޕްފަދަ އާލާތްތައް ބޭނުންކޮށްގެން މެދުއިރު މައްޗާއި އިންޑިއާ އަދި އެޝިއާގެ ހުޅަނގު ދެކުނު ސަރަހައްދު ތަކަށް ހަނދު ފެންނާނެކަމަށް ފަލަކީ ހިސާބުން ދައްކައެވެ.

އިސްލާމީ އުސޫލުތަކަށް ބަލާއިރު ހަނދުމަހެއް ފެށެނީ ހިނގަމުން ދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅެނވި ހަނދު ފެނިއްޖެ ނަމަ އެވެ. އެހެން ނުވެއްޖެނަމަ އެމަހެއްގައި 30 ދުވަސް ހަމަކުރާނިއެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ