ރިޕޯޓް ފަލަސްތީނު އައު މިސްރާބަކަށް

ފަލަސްތީނު އައު މިސްރާބަކަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

ހަމާސްގެ ޕޮލިޓިކަލް ބިޔުރޯގެ މެމްބަރު ޚާލިދް މިޝައިލް " ފަލަސްތީނުގައި މުޅިން އައު ހާލަތެއް ގާއިމް ކުރަން ވެއްޖެ" ކަމަށް ވިދާޅުވެއްޖެއެވެ. އަދި ހަމާސް ބޭނުންވަނީ ފަލަސްތީނުގެ ދައުލަތް ދިފާއުކޮށް ޖިހާދުގެ މަގު ކުރިއަށް ނެރޭނެ އެއްބަސްވުމެއް ކަމަށެވެ.

ޚާލިދް މިޝާލް މިހެން ވިދާޅުވެފައިވަނީ ސޫދާނުގައި އާދީއްތަ ދުވަހު ބޭއްވުނު 8 ވަނަ އަހަރީ ބައިނަލް އަޤްވާމީ ޤުދުސް ފައުންޑޭޝަން ގައެވެ. މި ކޮންފަރެންސްގައި މިޝާލްގެ އިތުރުން ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު އަދި ފަލަސްޠީނާއި އަރަބި  ދުނިޔޭގެ ބައެއް ސިޔާސީ ވެރިންން ވަނީ ބައިވެރިވެފައެވެ.

މި ކޮންފަރެންސްގައި އޫރުޝަލީމް ޔަހޫދީވަންތަކުރުމަށް ކުރާ މަސައްކަތާއި އަދި އިޒްރޭލުން ފަލަސްތީނަށް ވެރިވެގެންފައި ވުމުގެ ސަބަބުން ފަލަސްޠީނުގެ އަހުލުވެރިންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ވާހަކަ ދެއްކުނެވެ.

މިޝާލް ވިދާޅުވާގޮތުގައި އޫރުޝަލީމްގައި ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުތަކަކީ ފަލަސްތީނުގައި އޮތް ބައިބައިވުމެވެ. ވުމާއެކު، މި ކަން ހައްލު ކުރުމަށްޓަކައި މިޝާލްވަނީ ފެއިލް ވެފައިވާ ނެގޯޝިއޭޝަން ދޫކޮށް ހަނގުރާމަމަތީ ހުރިހާ ގޮފިތަކުގެ މައްޗަށް އެކުލެވޭ ގޮތަށް ގައުމު އެއްބައިވަންތަ ކުރުމަށް ގޮވާލައްވާފައެވެ.

"މިހާރުގެ ހާލަތު ބަދަލު ކޮށް މާޒީ ބަދަލު ކުރަންވީ ވަގުތު އަތުވެއްޖެ. ފަލަސްތީނުގެ ބިމުން އަތްތިލައިގެ މިންވަރުންވެސް ނާޖާއިޒް ފައިދާ ނެގުމުގެ ހައްގެއް އެއްވެސް މީހަކަށް ނެތް. އަދުއްވުންނާ ނެގޯޝިއޭޓް ކުރުމެއް އޮވެގެން ނުވާނެ އަދި އެއްވެސް ގުޅުމެއް އަދި ސިއްރު އެއްބަސްވުންތަކެއް އޮވެގެން ނުވާނެ" މިޝާލް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.