ރިޕޯޓްކޮލަމިސްޓް

ކަންނެތް ވަނީ ކީއްވެ؟ ހައްލަކީ ކޮބާ؟

ކަންނެތްވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ކަންނެތްކަން ހަށިގަނޑުން ފިލުވާލައި މުރާލިމީހަކަށް ވުމަކީ ކުޑަ ހިތްވަރެއް ކޮށްލެވިއްޖެނަމަ ދާދި ފަސޭހަކަމެކެވެ. ފުރަތަމަ ދަނެގަންނަންވީ ކަންނެތްކުރުވާ ސަބަބުތަކެވެ. ކަންނެތް ކުރުވާ ތަފާތު ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި:

  1. ތަފާތު ފާފަތަކަށް އަރައިގަތުން
  2. މަރު ހަނދާންކުރުން މަދުވުން އަދި ކަށްވަޅުގެ ޢަޛާބާއި ޘަވާބާއި އާޚިރަތުގެ މަތިން ހަދުމަކުރުން މަދުވުން
  3. ކީރިތި ޤުރުއާން ކިޔެވުން މަދުވުން
  4. ޛިކުރުތައް ކުރުމަށް ރައްކާތެރިނުވެވުން
  5. ކުރަންޖެހޭ ކަންކަން ފަހަށް ލަސްކުރުން
  6. ހެޔޮޢަމަލެއް ކުރުމުން ލިބޭ އަޖުރު އިޙްސާސްނުކުރެވުން
  7. ތިމާގެ ކުށެއް ނެތްކަމުގައި ދެކެވުން
  8. ހެޔޮ ނަޞޭޙަތަށް އެދި ނަޞޭޙަތް އަޑުއެނޭހުން އަދި ނަޞޭޙަތެއް ދިނުމުންވެސް އެއަށް ފުރަގަސް ދިނުން

 

ކަންނެތްކަން ފިލުވާލައި މުރާލި މީހަކަށް ވުމަށް ކުރެވިދާނެ ބައެއް ކަންކަން

  1. މާތް ﷲ އަށް އިޚްލާޞްތެރިވުން
  2. ކަންނެތްކަން ފިއްލަވާދެއްވުމަށް އެދި ދުޢާދެންނެވުން
  3. ހެޔޮ ޢަމަލުތައް ކުރުމަށާއި ނުބައި ޢަމަލުތަކުން ދުރުވުމަށް އަބަދުވެސް ތިމާގެ އަމިއްލަ ނަފްސާ ޖިހާދުކުރުން
  4. މާތް ﷲގެ ޛިކުރުކުރުން ގިނަކުރުން އަދި ޚާއްޞަކޮށް އެކަލާނގެ ކަލާމްފުޅު ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުން
  5. ހެނދުނާއި ހަވީރުގެ ޛިކުތަކާއި އެހެނިހެން ޛިކުރުތަކަށް ރައްކާތެރިވުން
  6. ޢިލްމުވެރިންގެ މަޖިލިސްތަކުގައި ބައިވެރިވުމާއި ހެޔޮލާފާ ރަނގަޅު މީހުންނާއެކުގައިވުން
  7. ސަލަފުއްޞާލިޙުންގެ ދިރިއުޅުއްވުން އުނގެނި ދަސްކޮށް އެބޭކަލުންގެ ޢަޒުމާއި ހިތްވަރު ހުންނެވިގޮތް ބަލައި އެގޮތަށް ޢަމަލުކުރުން

 

މަތީގައިވާ ނުކުތާ ތަކަކީ فضيلة الشيخ الدكتور عبدالعزيز بن محمد بن عبدالله بن السدحان ލިޔުއްވާފައިވާ الدليل العلمي މިފޮތުން ނަގާފައިވާ މަޢުލޫމާތުތަކެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް