އަރަބިދުނިޔެދުނިޔެ

ބައްޝާރުގެ ހަނގުރާމަވެރިން ޔަރްމޫކް ރެފިއުޖީ ކޭމްޕަށްދިން ހަމަލާގައި 20 މީހުން ޝަހީދުވެއްޖެ

ބައްޝާރުގެ ހަނގުރާމަވެރި ލަޝްކަރުތަކުން ސޫރިޔާގެ ޔަރްމޫކް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 20 މީހުން ޝަހީދުވެއްޖެއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމާނުކޮށް އަނަދަލޫ އޭޖެންސީއަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވަނީ މިހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މައުލޫމާތުދިން ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ޔަރްމޫކް ކޭމްޕަށް ބައްޝާރުގެ ލަޝްކަރުތަކުން ހަމަލާދޭން ފަށާފައިވަނީ ކޭމްޕްގެ ހުޅަނގު ފަރާތުންނެވެ. އަދި އެސަރަހައްދުގައި 2500 އަށްވުރެ ގިނަ އާއިލާތައް ދިރިއުޅެމުންދާކަމަށް އެފަރާތުން ބުނެއެވެ.

ބައްޝާރުގެ ލަޝްކަރުތަކުން ޔަރްމޫކް ކޭމްޕަށް ހަމަލާދީފައިމިވަނީ އެތަނުގައި އުޅޭކަމަށް ބުނާ އައިއެސްގެ ހަނގުރާމަވެރިން އެތަނުން ނިކުތުމަށް ދެފަރާތުން ދެއްކި ވާހަކަތައް ކޮޅެއްގައި ނުޖެހުމުގެ ސަބަބުންނެވެ.

ޔަރްމޫކް ކޭމްޕުގެ ބޮޑުބައެއް އައިއެސްގެ ބާރުގެ ދަށުގައިވާއިރު އެތަނުގައި ގިނަ އަދަދަކަށް ފަލަސްތީނުގެ ރެފިއުޖީން އުޅެމުން ގެންދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *