ބޭނުންވާ ތަކެތި
1 ފަޅި ރޯމަސް
1 އިރު ވަޅޯމަސް
2 ޖޯޑު ހަނޑޫ
2 ފިޔާ
4 ލޮނުމެދު
1 ޖޯޑު ވަށްކޮށް ކޮށާފައިހުރި ބިލިމަގު
2 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
2 ޖޯޑު ކާށީކިރު
ހިކަނދިފަތް
ރާނބާފަތް
އިނގުރު (ގާނާފައި)
ގިތެޔޮ މިރުސް
ތެޔޮ
ނޫޑުލްސް ސޫޕް ޕެކެޓް
ލޮނު
ސޯޔާސޯސް
ތައްޔާރު ކުރާނެގޮތް
1 ލޮނުމެދާއި އިނގުރުކޮޅު ގާނާފައި، ސޯޔާސޯސް ފޮދަކާއި، އަސޭމިރުސް ކޮޅަކާއި ލޮނުކޮޅެއްގެތެރޭގައި ކޮށާފައިހުރި ރޯމަސް މެރިނޭޓް ކޮށްލެއްވުމަށްފަހު ތެޔޮފޮދެއްގެތެރޭގައި މުށި ކުލަ އަރަންދެން ފްރައި ކޮށްލައްވާށެވެ.
ދެން ތެލި އުނދުމަށްފަހު ތެޔޮފޮދެއްއަޅާލާށެވެ. ތެޔޮފޮދު ހޫނުވުމުން ފިޔާ، ލޮނުމެދު، ހިކަދިފަތް އަދި ރާނބާފަތް އަޅައި ފިޔާކޮޅު މޯޅިވަންދެން ފްރައިކޮށްލައްވާށެވެ. ދެން ދޮވެފައިހުރި ހަނޑޫކޮޅުއެޔަށް އަޅާލުމަށްފަހު ހަނޑޫކޮޅުވެސް އޭގެތެރޭގައި ފްރައިކޮށްލައްވާށެވެ. އެއަށްފަހު، ތެލުލި ރޯމަހާއި، ކޮށާފައި ހުރި ވަޅޯމަސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައްވާށެވެ. ދެން ކާށީކިރާއި ސޫޕްޕެކެޓް، އަދި ލޮނު އަޅާލުމަށްފަހު މަތިޖަހައިގެން ކައްކާލާށެވެ. ބަތްއެތި މަތިން ހިނދެން ކައިރިވާންފެށުމުން ރޯމިރުހާއި، އަސޭމިރުހާއި، ބިލިމަގު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލައްވާށެވެ. ދެން ބަތް މަޑުވާހާވަރަށް ފެން އަޅަމުން ރަހަ ބަލަމުން ލޮނު ހެޔޮވަރު ކުރާށެވެ. ބަތް އެތި ރަނގަޅަށްމަޑުވެ، ކުޑަކޮށް ޗަސްކޮށް ހުންނަ ވަރުވުމުން އުނދުން ނިއްވާލައްވާށެވެ.
މި މަސްބަތް ތެލުލި ރިހާކުރުކޮޅަކާއި އެކު ލުނބޯ އަދި ރޯމިރުސް ކޮޅެއް ޖަހާލައިގެން ކާލަން ވަރަށް މީރުވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...