ދުނިޔެ 222،000 އަށްވުރެ ގިނަ ހައްޖުވެރިން ސައުދީއަށް ހިނގައްޖެ

222،000 އަށްވުރެ ގިނަ ހައްޖުވެރިން ސައުދީއަށް ހިނގައްޖެ

222،000 އަށްވުރެ ގިނަ ހައްޖުވެރިން ސައުދީއަށް ހިނގައްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޮނިހިރު ދުވަހާއި ހަމައަށް 222،444 ހައްޖުވެރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިޔާއަށް އައިސްފައިވާ ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް ޢުމްރާއިން ހާމަކޮށްފިއެވެ.

އެމިނިސްޓްރީއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ހައްޖަށް މީހުން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި އެއް ގައުމަކުން އެންމެ ގިނައިން ހައްޖަށް އައިސްފައިވަނީ މުސްލިމުންގެ އާބާދީ އެއްމެ ބޮޑު އިންޑޮނޭސިއާއިންނެވެ. އެޤައުމުން 48497 ހައްޖާޖީން ހޮނިހިރު ދުވަހާ ހަމައަށް ސައުދީ އަރަބިޔާއަށް އައިސްފައިވެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ސައުދީއަށް ޖަމާވާން ފަށާފައިވާ އިރު ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް އެޤައުމުން ވަރަށް ބޮޑަށް ތައްޔާރު ވެފައިވާކަމަށް ހައްޖުގެ ކަންކަމާއި ގުޅޭ އިދާރާތަކުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.