މުޢައްމަރު އަލް ޤައްޛާފީއާ ދެކޮޅަށް ލީބިޔާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި "އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުކުރުމަށް" ކިއުބާގެ އިންޤިލާބުގެ ބާނީ ފިޑެލް ކާސްޓްރޯ، ޤައްޛާފީއަށް ގޮވާލައްވައިފިއެވެ.
މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ އަޑީގައިވަނީ އެމެރިކާ ކަމަށާއި، ކޮންމެ ހިނދެއްގައިވެސް އެމެރިކާއިން "ރައްޔިތުންގެ ދިފާޢުގެ ނަމުގައި" ލީބިޔާއަށް އަރާފާނެ ކަމަށާއި ނަމަވެސް ޙަޤީޤަތުގައި އެއީ "ލީބިޔާގެ ތެލުގެ އެދުމުގައި" ކުރާނެކަމެއް ކަމަށްވެސް ފިޑެލް ވިދާޅުވިއެވެ. ފިޑެލް މިމޭރުމުން ވާހަކަދައްކަވާފައިވިޔަސް، ޢަރަބި ޤައުމުތަކުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ފަހަތުގައި ގިނައިން ވަނީ ޚުދު އެމެރިކާއަށްވެސް ތާއީދު ނުކުރާ ބަޔެކެވެ. ގިނަ ބަޔަކު މުޒާހަރާތަކަށް ނުކުންނަ އެއް ސަބަބަކަށް ވެފައިވަނީ އެމެރިކާގެ ހިމާޔަތުގައި ތިބެ މެދުއިރުމަތީގެ ގޮނޑިކޮއްކޮ ސަރުކާރުތަކުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރާތީއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...