އަރަބިދުނިޔެ އީރާނުގެ މަނަވަރުތައް ސުއެޒްކެނަލް ހުރަސްކުރުމުން އިޒްރޭލު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ

އީރާނުގެ މަނަވަރުތައް ސުއެޒްކެނަލް ހުރަސްކުރުމުން އިޒްރޭލު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

އީރާނުގެ 2 މަނަވަރެއް ސުއެޒް ކެނަލް ހުރުސްކުރުމުން އިޒްރޭލު ވަރަށްބޮޑު ހާސްކަމެއްގެ ތެރެއަށްވެއްޓިއްޖެއެވެ. އަދި މިކަމުގެ ސަބަބުން އިޒްރޭލުންވަނީ އެޤައުމުގެ ކަނޑުގެ ސިފައިން ކުއްލި ހާލަތަކަށް ގެނެސްފައެވެ. އަންގާރަދުވަހުގެ ފަތިހު 5:45 ގައި ސުއެޒްކެނަލް ހުރަސްކޮށްފައިވާ 2 މަނަވަރުގެ މައްސަލައިގައި އިޒްރޭލުންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.


މިއީ 1979 ވަނައަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށްފަހު އެޤައުމުގެ މަނަވަރުތަކެއް ސުއެޒްކެނަލް ހުރަސްކުރި ފުރަތަމަފަހަރެވެ. ސިޔާސީ މުޙައްލިލުން ބުނާގޮތުން މި މަނަވަރުތައް ދަތުރުކުރަމުންދަނީ ސީރިއާއަށްކަމަށެވެ. މިކަމުން ނުރައްކަލެއްއަތުވެއްޖެނަމަ ކަންތައްކުރަންވީގޮތުގެ ތަފްސީލު މިހާރުވަނީ އިޒްރޭލުސިފައިންނަށް ދީފައެވެ.
ހަމާސްޖަމާޢަތަށާއި ލުބުނާނަށް އަސްކަރީގޮތުން އެހީތެރިވަމުންދާކަމުގެ ތުހުމަތު އީރާނުގެ ބޮލުގައި އިޒްރޭލުން  އަބަދުވެސް އަޅުވަމުންދެއެވެ.


އިޒްރޭލާއި ދެކޮޅަށް ފަލަސްޠީނުގެ ހަމާސްޖަމާޢަތާއި ފަތަޙަ ޖަމާޢަތް އެއްބައިވަމުންމިހާރުދާކަމުގެ ޚަބަރުތައްވެސް މިހާރުވަނީ ފެތުރިފައެވެ.

ޓެގް

އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.