ގައްޒާފީ އާއިދެކޮޅަށް މުޒާހަރާކުރަމުންދިޔަ މީހުންނަށް ހަމަލާދީ 200 މީހުން މަރާލައިފިއެވެ.
އަރަބި މީޑިއާތަކުން ހަބަރު ދޭގޮތުގައި ލީބިޔާގައި ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރި ލައްކައެއްހާ މީހުންނާ ދެކޮޅަށް ދިފާއީބާރުން ބަރުހަތިޔާރު ބޭނުންކޮށް 200 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށާއި 800 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައިވާކަމަށެވެ. ޒަހަމްވެފައިވާ މީހުންގެ ގިނަ ކަމާއި ހުރެ ލީބިޔާގެ ބައެއް ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވާކަމަށްވެސް އަރަބި މީޑިއާތަކުން ހާމަކުރެއެވެ.
ލީބިޔާގެ މުޒާހަރާ 5 ދުވަހަށް ދެމިގެން ގޮސްފައިވާއިރު މިމުޒާހަރާތައް ލީބިޔާގެ ކަންކޮޅުތަކުގައި ދަނީ ފައްކާވަމުންނެވެ. ޓިއުނީޝިޔާއާއި މިސްރުން ހިތްވަރު ލިބިގަނެގެން ލީބިޔާގެ 41 އަހަރުވީ ދިގު ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...