ދުނިޔެ ހުރިހާ ޙައްޖުވެރިންވެސް ރިވެތި މިސާލެއް ދެއްކުމަށް ސައުތު ކޮރެއާގެ މުފްތީ ގޮވާލައްވައިފި

ހުރިހާ ޙައްޖުވެރިންވެސް ރިވެތި މިސާލެއް ދެއްކުމަށް ސައުތު ކޮރެއާގެ މުފްތީ ގޮވާލައްވައިފި

ހުރިހާ ޙައްޖުވެރިންވެސް ރިވެތި މިސާލެއް ދެއްކުމަށް ސައުތު ކޮރެއާގެ މުފްތީ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޙައްޖުވެރިންނަކީ އެކިއެކި ޤައުމުތަކަށާއި ސަގާފަތްތަކަށް ނިސްބަތްވާ ބަޔަކަށްވީ ނަމަވެސް، އިސްލާމީ މަތިވެރި އަޚްލާޤާއި ރިވެތި ގޮތްތައް ހިފަހައްޓައި އެކަމުގައި ދުނިޔެއަށް މިސާލެއްކަމަށްވުމަށް ސައުތު ކޮރެއާގެ މުފްތީ ޑރ. ޢަބްދުލްވައްހާބު ޒާހިދު ޙައްޤު ގޮވާލައްފިއެވެ.

ސައޫދީގެ ނޫސް އެޖެންސީއަށް ފޮނުއްވި ބަޔާނެއްގައި މުފްތީ ވިދާޅުވިގޮތުގައި ޙައްޖުވެރިންގެ ޢާންމު ފަސޭހަކަމަށާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ޙައްޖެވެރިއެއްވެސް ރަނގަޅު އަޚްލާޤެއްގެ މަތީގައި ދެމިތިބުން މުހިންމު ކަމަށެވެ. އަދި އިސްލާމްދީނުގައި ޙުރުމަތްތެރިވެގެންވާ ތަންތަން ދެނެގަތުމަށާއި އެތަންތަނަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށާއި، އަދި ޢަމަލުންވެސް ނުވަތަ ބަހުން ނަމަވެސް އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ނުކުރުމަށް މިއަހަރުގެ ޙައްޖުވެރިންނަށް މިބަޔާނުގައި މުފްތީވަނީ އިލްތިމާސްކުރައްވާފައިވެއެވެ.

ސައޫދީ ސަރުކާރުގެ ފަރާތުން ޚަރަދުކޮށްގެން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުނު މީހުންގެ ތެރޭގައި މުފްތީވެސް ހިމެނިފައިވާތީ، ދެޙަރަމުގެ ޚާދިމް އަދި ރަސްގެފާނު ޢަބްދުﷲ އަށް އެކަމުގެ ހަޔޮ ޖަޒާ ދެއްވުން އެދި މުފްތީވަނީ މާތްﷲ ގެ ޙަޟްރަތުގައި ހެޔޮ ދުޢާކުރައްވާފައެވެ.

މަޞްދަރު: ޙައްޖު އިންފޮމޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.