ރިޕޯޓް ސިޔާސީ ގުދޯ ގުދޯ

ސިޔާސީ ގުދޯ ގުދޯ

ސިޔާސީ ގުދޯ ގުދޯ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ސުރުހީ ކިޔާލުމުންވެސް ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން އެގިއްޖެ ދޯއެވެ.ތި ހީކުރީ ހަމަ ރަނގަޅަށެވެ.މިއުޅެނީ ސިޔާސީ ވާހަކައެއް ދައްކަން ވެގެންނެވެ.އެކަމަކު ބުނަން މިއުޅޭ ވާހަކައެއް ރަނގަޅައް އޮޅުންފިލާނީވެސް މީގައި ލިޔެފައިވާ އެއްޗެއް ކިޔާލުމުން ނޫންހެއްޔެވެ.ލިޔުމައިގެން ކުރިއަށް ދަމާހިގާށެވެ.

ޒަމާން ބަދަލުވެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް ބަދަލުވެފައި މިންވަރަކީ،ނޫނެކެވެ. ބަދަލުވެފައިވާ މިންވަރޭ ބުނުމަށްވުރެ ރަނގަޅުވާނީ ސިޔާސީވެފައިވާ މިންވަރަކިއޭ ބުނިއްޔާއެވެ.އާދެ ސިޔާސީ ވެފައިވާ މިންވަރަކީ މަގެއް މައްޗައް ނިކުތަސް ފިހާރަޔަކައް ވަނަސް ހޮޓަލަކައްވަނަސް ކޮންމެވެސް ސިޔާސީ ބަނދިވަރެއް އަޑުނީވޭ ހިސާބަކައް ދިއުމަކީ މިހާރު ވަރައް އުނދަގޫކަމެކެވެ.

ދެމީހަކު އެއްތަން ވެއްޖިއްޔާ އިވޭނީ ކޮންމެސް ކުލައެއްގެ ޗާލުކަމާއީ ނަލަކަމުގެ ވާހަކަ އާއި އަނެއް ކުލައިގާ ހުރި ހަޑިކަމާއި ހުތުރު ކަމުގެ ވާހަކައިގެ އަޑެވެ.ހޮޓަލައްވަދެ ސައިބޯން ފަށާއިރު ބިސްމިން ކިޔަން ހަނދާން ނުވިޔަސް ކޮންމެސް ސިޔާސީ މީހަކައް ހަޔާތް ނުގޮވާ ކާއެތިކޮޅު ހަޖަމެއް ނުވާނެއެވެ.މިލިޔުމިގައި ފާހަގަކޮއްލެވޭތޯ މިއުޅެނީ މި ގޮތައް މި ދެއްކޭ ވާހަކަތަކުގެ ދެއުޅިއެއް ނުވާ ކަމާއި މިވާހަކަދައްކާ މީހާގެ އަމިއްލަ ނަފްސައްވެސް އެވާހަކަތައް ރައްދުވާކަން ޙުދު އޭނާއައްވެސް ނުވިސްނޭކަމެވެ.އާދެ ފަށަމާ ހިނގާށެވެ..

އެއްބަޔަކު ގޮވަމުން މިދަނީ އަނެއްބަޔެއްގެ ހުރި ލާދީނީ ކަމުގެ ވާހަކައެވެ. ރާބޯ ވާހަކައެވެ.އިސްލާމް ދީނައް ފުރައްސާރަކުރާވާހަކައެވެ.މައްސަލައެއް ނެތެވެ. ތިހުރިހާވާހަޔަކާއި އަހަރުމެން އެއްބަސްވަމާހިނގާށެވެ. ނަމަވެސް ކުޑަކޮން ފަސްއެނބުރި ބަލާލަބަލާށެވެ.އެބަފެނޭހެއްޔެވެ.އަސްކަރިއްޔާގައި މަސައްކަތް ކުރާ ކަނބަލުންނާއި ސަރުކާރުގެ އެކި އޮފީސް ތަކުގައި މަސައްކަތްކުރާ ކަނބަލުން ބުރުގާ އެޅުން މަނާކޮށް މިކަމާ އިތިރާޡު ކުރިމީހުންނައް އަދަބުދިންތައް ފެނޭހެއްޔެވެ.މިކަމައް ކިޔަންވީ ކޮން ދީނީއެއްތޯއެވެ.ވަލާ ދީނީތޯއެވެ، ނޫނީ ކަލާ ދީނީތޯއެވެ.އެކަމަކު މިހުރިހާކަމެއް ފެނި އެނގިހުރެވެސް ތަންމިނައް އަނގަ ހުޅުވާފައި ތިގޮވެނީ ކޮން އެޗެއްތޯއެވެ.އާދެ މިދަންނަވާ ސިޔާސީ ގުދޯ ގުދޯ ނޫންތޯއެވެ.

މިހެން ބުނުމުން ތިބޭފުޅާ އުފާވެ ހިނި އަންނާނެ ކަމެއްނެތެވެ.މިތަންކޮޅުކިޔާލުމުން ފަހަރެއްގާ ތިޔަ ހިނިތުންވުން ފިލައިގެންވެސް ހިގައިދާނެއެވެ. މިއީ އެއްކަލަވާހަކައެވެ. ޑެންމާކުގައި ކޮންމެސް މީހަކައް ދެއްކުނު ހެލްޕްލައިންގެ ވާހަކައެވެ.ދީން ރިފޯމް ކުރާވާހަކައެވެ.ހިޖާޒު ކަރައިން އައި މިޒަމާނާ ނުގުޅޭ ކަމުގެވާހަކައެވެ.މިހިސާބައް ކިޔާލީމައި ދަތްކުނޑި ވިކޭނެ މީހުންވެސް ތިބޭނެޔެވެ.އެކަމަކު ފިނި ސިކުޑިއަކުން ވިސްނާލައިފި ނަމަ ތިމަންނައަށް ރުޅިމިއާދެވެނީ ހައްގުން ނޫންކަން ވިސްނޭނެއެވެ.ކުރިން މިވިސްނުނީ އަމިއްލަ އިހުތިޔާރުގައި އަމިއްލަ ސިކުނޑިން ނޫންކަން ވިސްނޭނެއެވެ. އާއެކެވެ، ކުރިން ތިވިސްނީ ވަކި ކުލަޔެއްގެ ވަކި ފިކުރެއްގެ ވަކިބަޔަކުދެއްކި ތޯތޯ ވާހަކަތަކެއް ތިބާޔައްދެއްވައިފާވާ އެންމެ އަގުބޮޑު ނިއުމަތް ކަމުގައިވާ ވިސްނުމުން އެކަމުގެ ހެވާއި ނުބައި ވަކިނުކޮށް އެކަންތައް ޤަބޫލުކުރުމުން ވިސްނުނުވިސްނުމެކެވެ.

މިފާހަގަ ކޮއްލީ ތަކުރާރުކޮން މިހާރު މާލޭގައި ގޮވަމުންދާ ސިޔާސީ ގުދޯ ގުދޯގެ ތެރެއިން އެންމެ ގަދަޔައް ކުލަތަކުން ދައުވާ ކުރަމުންދާ ދީނީ އާއި ލާދީނީގެ ވާހަކައިގެ ތެރެރެއިން ވަރައް ކުދަމިންވަރެކެވެ.މުސްކުޅިން ބުނެ އުޅެއެވެ."ތިމާގެ ފޫކޮޅުގަޢި އޮންނަ ގުއިބުރި އެއްވެސް މީހަކައް ނުފެންނާނެއެވެ" އެކެމަކުކުރިމަތީހުންނަމީހާގެ ގުއިބުރި ނިކަންރީތިކޮން ފެންނާނެއެވެ.ބޮޑާކަމާއިއެކީ ކުރިމަތީ ހުރިމީހާއަށް ބަދުބަސް ބުނާއިރު އެއަށްވުރެ ބޮޑުގުއިބުރިއެއް ތިމާގެ ފޫކޮޅުގައި އިންކަން އެނގުމުން ދެންޖެހޭނީ ހަމަބިމައް ފައިބާށެވެ.ލަދުން އިސްޖަހާލާށެވެ.އެކެމަކު އޭރުން ހުންނާނީ ތިބާހޯދަން އުޅޭ ސިޔާސީ ހައިބަތުގެއްލި ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލިފައެވެ. އެވަގުތު ތިބާގެ ފަހަތުގައި ތިބޭނީ ހަމައެކަނި ލައްޒަތެއްގެ ބޭނުމުގައި ތިބާޔައް ލައްބަ ކިޔާނެބައެކެވެ.މާދަމާވެސް ތިބާގެ ބާރުކެޑުމާއެކު ވަށައިގެން ހޯދާ ބަލާލާއިރު މެއްސެއް މާބުރެއްވެސް ނުފެންނާނެއެވެ.މިއީ މިހަރުވެސް ތިބަގެ ލޯ ކުރިމަތިން ފެންނަމުންދާ ހަޤީގަތް ނޫންތޯއެވެ. އޭއަހާއެވެ. އަދިވެސް ވަގުތު އެބައޮތެވެ.ދުނިޔެއަށް އަހަރެމެން ފޮނުވި އަސްލުބޭނުން ހަނދާން ނައްތާލާ ސިޔާސީ ފިކުރުގައި ތިބާގެ ހަޔާތް ބަރުބާދުކޮށްނުލާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.