ވެރިކަމުގެ ނިޒާމައް އައި ބަދަލާއެކު ދިވެހިންނަށް އެންމެބޮޑައް ލިބިފައިވަނީ މިނިވަންކަމެވެ. އެކިމީހުން މިކަން މާނަކުރަނީ އެކިގޮތަށެވެ. އެއްބަޔަކު ދެކޭގޮތުގައި މި މިނިވަންކަމުގެ އެންމެ ބޮޑުފައިދާއެއް ކުރަނީ ކުއްވެރިންނަށެވެ. އަނެއްބަޔަކު ދެކޭގޮތުގައި މިނިވަންކަން މިވަނީ ހައްދުފަހަނަ އަޅާފައެވެ. މިނިވަންކަމުގެ ނަމުގައި ކުރެވިގެން ނުވާނެ ވަރައް ގިނަ ކަންތައް މިހާރަކައްއައިސް ވަރަށް އާދައިގެ އާއްމުކަމެއް ގޮތުގައި މިހާރު ކުރެވެމުން ދާކަމުގައިވެސް ވަރައް ގިނަމީހުންދެކެއެވެ. އަދި މިފަދަ ކަންކަމައް ކަމާބެހޭ އިދާރާތަކުން މާބޮޑު ސަމާލުކަމެއްދީ އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެންނަ ކަމީވެސް އާންމުންގެ ބޮޑު ޝަކުވާއެކެވެ.
އާދެ މި ފަހަކަށް އައިސް ސޯޝަލްމީޑިއައް އެންމެގަދަޔައް އެރިކުލަވަރަކީ ކޮންމެސް ވިއްސާރަ ދުންޏަކުންއެރި ކުލަވަރެކެވެ. މިކުލަވަރު ބުރައިގެން ދިޔަވަރުން ސޯސަލް މީޑިޔާގެ ވައިމަތިން ދިޔަ މީހެއްނަމަވެސް މީގެން ކުލަކޮޅެއް ނުޖެހޭ ހަމައެކަކުވެސް ހުރިހެނެއް ހިޔެއްނުވެއެވެ. ހާއްސަކޮން ސޯސަލްމީޑިއާ ތަކުގެ ތެރެއިންވެސް ދިވެހިންނާއި އެންމެ ދޯޅު ފޭސްބުކްގައި މީގެ ކުލަވަރު މާގަދަހެން ހީވެޔެވެ. މިވަރައް ދެންނެވީމާ އޭގެ މާބޮޑު ތަފްސީލަކައް ނުދިޔަނަމަވެސް މިދައްކަނީ ކޮން ވާހަކައެއްކަން މިހާރު އެނގިލައްވަފާނެއެވެ.
އެމެރިކާގެ ސްޕްރީމް ކޯޓުގައި ފަނޑިޔާރުން ނަމުގާ ތިބި މޮޔައިންނަށް އަންހެން، ފިރިހެން ދެޖިންސުގެ މާނަ ނޭގި ގޮވުނު ކޮހެއްގެ ސަބަބުން ތިމާ މިއީ ކޮން ޖިންސެއްގެ ކާކުކަން ނޭގޭ ބަޔަކު އައްތިލަބަޑި ތަޅާ ފުމެން ފެށުމުން އެވާހަކަ މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ ސާފު ފެން އެއްޗަކައް ކުލައަޅާލީމާ ފެތުރިގަންނަ ބީދައިންނެވެ. އެގޮތުން މިހާރު ދުނިޔެއަށް ވަރަށް ބޮޑައް ހުޅުވިފައިވާ މި ކުޑަކުޑަ ދިވެހިރާއްޖެވެސް މިކުލަގަނޑުން ތަޢައްޔަރުވި ވަރަކީ ދިވެހި ހުރިހާ ނޫސްތަކެއްގެ ފަލަސުރުހީއައް މި ހަބަރު އެރުމެވެ. ބަޔެއް ނޫސްތަކުގާ ތަކުރާރުކޮން ދެތިން ފަހަރު ތަފާތު ގޮތްގޮތައް މިހަބަރު ސާއިއު ކުރިއިރު ހީވީ އާ ކުކުޅަކައް ގާބިހެއް އެޅިގެންއުޅޭހެންނެވެ.
އާދެ މިހިސާބުން އުފެދޭސުވާލަކީ މިވާހަކަ މިއީ މިހާބޮޑު ސަމާލުކަމެއްދީ މިމުޖުތަމައު އަށް އާންމުކުރަންޖެހޭ ވާކައެއްބާއެވެ. އެކިމީހުންނާ މިސުވާލު ކޮށްފިނަމަ ޖަވާބުތައް ވަރައް ތަފާތުވާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަގައި ހިނގާ ހުރިހާކަމެއް ރައްޔިތުންނައް ފޯރުކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. މި ޖަވާބާ ދެކޮޅުހަދާކަށް ނެތީމެވެ. ނަމަވެސް އެ ހަބަރެއް އެމުޖުތަމައެއްގެ ތެރެއަށް ނޫސްވެރިން ގެންނަންޖެހޭނީ އެކަށީގެންވާގޮތައް އެކަށީގެންވާ މިންވަރައްށެވެ. އަޅުގަނޑު ހިތުން ތިބޭފުޅާވެސް މިޖަވާބާއި ދެކޮޅެއް ނުހަދާނެއެވެ. އެހެންކަމައްވާނަމަ ކުރިން މިދެންނެވި ކަންތައްތަކުގެ ހަބަރުތައް ރާއްޖޭގެ ނޫސްތަކުން ފެނުނީ ހަމައެންމެ އެކަށީގެންވާ ގޮތައްތޯއެވެ.؟
އާދެ މިހަބަރަށްފަހު ދެންފެނުނީ މާނުރައްކާތެރި ހަބަރެކެވެ. ދިވެހިންގެތެރޭގައި މުރުތައްދުވެފައި ތިބި ބަޔަކު ކުރިންދެންނެވި ޙަބަރު ސާއިއު ކުރުމުން ފާޅުކޮއްފައިވާ ހިޔާލުތަކެއްކަމައްބުނެ، ނޫސްތަކުން ގެނެސްދިން ޙަބަރެކެވެ. މި ޙަބަރުގައި މުޅިންވެސް ހުރީ މީހަކު ބުނިކަމައް ބުނެވެސް މުސްލިމަކު ދައްކަން ހެޔޮނުވާވަރުގެ ވާހަކަތަކެކެވެ. އެހެންކަމުން އަޅުގަނޑު އޭގެ ތަފްސީލައް ނުދިޔަނަމަވެސް މި ޙަބަރުގެ މައުލޫމާތުވެސް ތިބާއަށް ލިބިފައި ވާނެކަމައް އުންމީދުކުރަމެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ މިދެންނެވި ހަބަރުގައި ހުރި ވާހަކަތައް ބަޔަކު ފޮތެއްގައި ސާއިއު ކޮށްގެން ނެރުނުނަމަ އެމީހުން ހައްޔަރުކޮށް ދަޢުވާ ކުރާނެ ކަން ޔަގީނެވެ. ނަމަވެސް ފޭސްބުކް ގައި ފާޅުކޮއްފައިވާ ހިޔާލަކާ ހަވާލާދީ އެވާހަތައް ރާއްޖޭގެ އެންމެ ކުޑަކުއްޖާއައްވެސް ފެންނަ ދިވެހި ނޫސްތަކުން ސާއިއު ކުރުމުން ހުއްދަވަނީ ކޮން އުސޫލަކުންތޯއެވެ. ހަޤީގަތައްބަލާނަމަ ނުރައްކާ މާ ބޯޑުނޫންތޯއެވެ. ފުރާ އުމުރުގެ ފުރިހަމަވިސްނުން ނުލިބޭ ޅަސިނކުޑި ތަކައް މިފަދަވާހަކަ ތަކުން ހީވެސްނުކުރާފަދަ އަސަރުތަކެއް ކުރާނެއެވެ. ސަބަބަކީ އެވާހަކަތަކުގައި ވަނީ ކްރިސްޓިއަން މިޝަނަރީޒް ފަދަތަންތަނުގެ މީހުން މުސްލިމުންނަށް އަޑުއިއްވަން ބޭނުންވާފަދަ ވާހަކަތަކެވެ. ނަމަވެސް ފާޅުގައި އެކަން ކުރެވެން ނެތުމުން ވިސްނާލުމެއްނެތި ކޮންމެ އެއްޗެއްވެސް ލިޔަމުންގެންދާ ނޫސްވެރިން ލައްވާ ނުވަތަ ގަސްތުގާ ކްރިސްޓިއަން މިޝަނަރީޒް ތަކަށް އެހީތެރިވާ ދިވެހި ނޫސްވެރިން ލައްވާ އެވާހަތައް މިވަނީ މި އިސްލާމީ މުޖުތަމައު އަށް ފަތުރާލާފައެވެ. ނަމަވެސް މިކަމާ ކަންބޮޑުވެ. އެއްޗެއްބުނާނެ މީހަކު ކުރިންދެންނެވި މިނިވަން ކަމުގެ ސަބަބުން ނެތްކަމީ މި އިސްލާމީ މުޖުތަމައަށް އޮތް ބޮޑުބިރެއްކަން ޔަގީނެވެ.
ދިވެހިނޫސްވެރިންވެސް އަދި ކަމާބެހޭ އިދާރާތަކުންވެސް މިއައްވުރެ ޒިންމާދާރު ވެ ފާރަވެރިވާން އެބަޖެހެއެވެ. ފިތުނަ ތަކުން މުޖުތަމައު ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ނޫން ނަމަ އަޅުގަޑުމެންގެ ދިވެހިރާއްޖެއާއި މާތް އިސްލާމްދީން އަންނަންއޮތް ޖީލުތަކައް ފޯރުކޮއްދެވުމަކީ މުސްތަހީލް ކަމެކެވެ. އަޅުގަޑުގެ ދުޢާއަކީ މިލޮބުވެތިވަތަނާއި އިސްލާމީ އުތްމަތް ފިތުނަތަކާއި ޣައިރު މުސްލިމުންގެ މަކަރުތަކުން ސަލާމަތްކުރައްވާ ތާ އަބަދައް ލެހެއްޓެވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...