ޖިހާދުގެ ނަމުގައި ޤައުމުތަކުގައި ކުރާ ހަނގުރާމަ ތަކަށް ދިވެހިން ނުދިޔުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލައްވަމުން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިހާދުގެ ނަމުގައި ޤައުމުތަކުގައި ކުރާ ހަނގުރާމަ ތަކަށް ދިވެހިން ނުދިޔުމަށް އަބަދުވެސް އިލްތިމާސް ކުރައްވާ ކަމަށެެވެ.
މިނިސްޓަރު ވިދާޅުވީ މަޒުހަބީ ފިތުނަވެރި ހަނގުރާމަ ތަކުގައި އެތައްހާސް މުސްލިމުންނަށް ގެއްލުން ތަކާއި ކުރިމަތި ވަމުން އަންނަ ކަމަށާއި، އެތައް ބަޔެއްގެ ފުރާނަތައް މިފަދަ ހަނގުރާމަ ތަކުގައި ޤުރުބާން ވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ހަނގުރާމައިގެ ވަގުތުގައި ވެސް އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ޤަޠުލު ކުރުމަކީ އިސްލާމް ދީން މަނާ ކުރައްވާފައިވާ ކަމެއް ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް މިފަދަ ޓްވީޓް ތަކެއް ކުރައްވާފައި މިވަނީ މި ސަރުކާރުން އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ކާފަރުންނާއި މުސްލިމުން ގުޅިގެން ހިންގާ ޙަރަކާތްތަކަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށް ހހާމަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...